ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ހަވާލުކޮށްފިއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ މަސައްކަތުގެ ފޭސް 2 އަދި 3ގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދުއެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ، އަދި ލ) ޒޯން 5 (ގއ. އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެއެވެ.
އެގޮތުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ޚިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރުކުރެވޭނެއެވެ. އެއާކޯން ކޮށްފައިވާ މިލޯންޗުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ.
މި ޚިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަރމިނަލް އަޅާނެއެވެ. މިގޮތުން ޒޯން ޓަރމިނަލްގެ ގޮތުގައި 05 ޓަރމިނަލާއި، 31 ފެރީ ޓަރމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ގާއިމުކުރާނެއެވެ. މިއިން ކޮންމެ ތަނަކީވެސް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހަދާ ތަންތަނެވެ.
މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެކުންފުނިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ފެރީ ނެޓްވޯކްގެ ޚިދުމަތްފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމާއި އެހެނިހެން ޢުމްރާނީ ވަޞީލަތްތައް ޤާއިމްކުރުން ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. އާޒިމް ވިދާޅުވީ އެކުންފުންޏާ ޙަވާލުކުރި 4 ފެރީ ހދ. އަތޮޅަށް ގެންގޮސް އެއަތޮޅުގައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީޓަރމިނަލް ޤާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ މަސައްކަތުގެ ފޭސް 2 އަދި 3ގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި @MTCCPlc އާ ދެމެދު ސޮއިކޮށްފި. pic.twitter.com/dLCjLoK8No
— Min.of National Planning, Housing & Infrastructure (@MoNPHImv) April 14, 2022
މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ފެރީ ނެޓްވޯކްގެ ޚިދުމަތްފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމާއި އެހެނިހެން ޢުމްރާނީ ވަޞީލަތްތައް ޤާއިމްކުރުން ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. އާޒިމް ވިދާޅުވީ އެކުންފުންޏާ ޙަވާލުކުރި 4 ފެރީ ހދ. އަތޮޅަށް ގެންގޮސް އެއަތޮޅުގައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީޓަރމިނަލް ޤާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު