ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު އިއާދަވާނެކަމަށް ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެއެވެ.
ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގުތިސާދީ އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ. އެ ރިޕޯޓުގައި ވާލްޑް ބޭންކުން ބުނެފައިވަނީ ދުނިޔޭގެ މަސްރަހުގެ ގޮންޖެހުންތަކާއި ނިޒާމީ ބަލިކަށިކަމާ އެކުވެސް ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރުކަމަށެވެ. ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓާއި ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގުތިސާދު ކޯވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ފަތުރުވެރިކަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގުތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގައި ހުރި ގޮންޖެހުންތަކެއް. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުން ދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް،، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް އަޅުގަނޑުމެން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން." ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.
ސަރަހައްދީ އަޕްޑޭޓާއެކު ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިގުތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފައެވެ. މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިނުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުން އެކަމުގެ ކަންބޮޑުވުން އޮތްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި އެފަދައިން ބުނެފައިވީނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކަށް މިހާރު ވެސްވަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.
ރާއްޖޭގެ އިގުތިސާދަށް ވޯލްޑްބޭންކުން ޕޮޒިޓިވް ކޮމެންޓުތަކެއް ކޮށްފައިމިވަނީ، ރާއްޖޭގައި ކޮވިޑު މެނޭޖުކުރި ގޮތް ރަނގަޅުކަން ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނިކޮށެވެ. އެގޮތުން މިއަދު މިދެކޭ ކާމިޔާބީއަކީ ސީދާ ރައީސް ޞާލިޙްގެ ބެއްލެވުމުގެ ދަށުން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު