ޒާތީ ވުމުގެ ބަދަލުގައި މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު ﷲ މިހެން ވިދާޅުވީ ގައްދޫ ކައުންސިލުން ބޭރުގެ ފަރާތަކާއެކު މަސްފެކްޓްރީ ހިންގަން ކުރާ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާތީއާއި ގޭދުށޮ މަސްޕުލާންޓް ގާއިމް ކުރުމުގެ ސިޔާސަތަށް ސަރުކާރަށް ބަދަލު ގެނެސްފައިވޭތޯ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުން އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ހ.ގެ ދަށުން އެމައުލޫމާތު ހޯއްދަވަން މެމްބަރު ޒާހިރު ހުށައަޅުއްވާފައިވަނީ ލިޔުމުންނެެވެ. އެކަމާ ގުޅިގެން ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދު ﷲ އަހުމަދު ވިދާޅުވީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތާއި މާލީ ވަޒީރުގެ ޒިންމާ ނޭގި ޒާތިވުމުގެ ބަދަލުގައި މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އެއަށްވުރެ ކުފޫ ހަމަވާން ޖެހޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.
"ތިޔަ ސުވާލު ކުރަން އެންމެ އެކަށީގެންވާ އިދާރާ އެނގެންވާނެ،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މެންޑޭޓުން ބޭރުން ސުވާލު ކުރަައްވަން ހުށައަޅުއްވާފައިވާތީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރަށް ފާޑުވިދާޅުވަމުން ސައުދުﷲ ވިދާޅުވިއެވެ.
ސައުދު ﷲ މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީއެެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސަކަށް ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތާއި ސުވާލު ކުރަންޖެހޭނަމަ އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެެވެ. ފިނޭންސް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ބަޖެޓާއި، އާމްދަނީއާއި، ޚަރަދާއި ދަރަންޏާ ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ބެލެހެއްޓުމެެވެ.

Rahyithun majuleehuga ihzahtheri memberun miyah vuren kufoo hama vaan jeheyne .council beleneveri faraathaai,maalee vazeeruge zinmaa neygi zaathee vumuge badhal ga majuleehun rahyithunge kuri erumah masahkah kuran jehey.Thi suvaalu kurun enme ekasheegenvaa idhaaraa engen vaane. pic.twitter.com/4rBO1t7Gld
— Saudulla Ahmed (@saudullaahmed1) April 14, 2022
"ތިޔަ ސުވާލު ކުރަން އެންމެ އެކަށީގެންވާ އިދާރާ އެނގެންވާނެ،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މެންޑޭޓުން ބޭރުން ސުވާލު ކުރަައްވަން ހުށައަޅުއްވާފައިވާތީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރަށް ފާޑުވިދާޅުވަމުން ސައުދުﷲ ވިދާޅުވިއެވެ.
ސައުދު ﷲ މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީއެެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސަކަށް ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތާއި ސުވާލު ކުރަންޖެހޭނަމަ އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެެވެ. ފިނޭންސް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ބަޖެޓާއި، އާމްދަނީއާއި، ޚަރަދާއި ދަރަންޏާ ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ބެލެހެއްޓުމެެވެ.
ކިޔުންތެރިންގެ ހިޔާލު