ރަމަޝާން މަހުގައި އަންނަ ލައިލަތުލް ގަދުރި ވިލޭރެއަކީ އެއް އަހަރުން އަނެއް އަހަރަށް ބަދަލު އަންނަ ރެއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން" މި މައުޝޫގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ ލައިލަތުލް ގަދުރިވިލޭރޭ އަންނަނީ ރަމަޝާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައި ކަމަށެވެ. ޖުމުހޫރީ އިލްމްވެރިންގެ އަރިހުން މި ރެއަކީ އެއް އަހަރުން އަނެއް އަހަރަށް ބަދަލު އަންނަ ރެެއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ލައިލައިތުލް ގަދުރި ވިލޭރެއަކީ އަބަދު އެއް ރެއެއްގެ ގޮތުގައި ސާބިތުވެ އޮންނަ ރެއެއް ނޫނެވެ. އެެހެންކަމުން ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ލައިލަތުލް ގަދުރިވިލޭރޭ ލިބިގަތުމަށް މަސައްކަތް ކުރާށެވެ." ހުތުބާގައިވެެެެއެެވެ.
މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ލައިލަތުލް ގަދުރިވިލޭރޭ އަކީ 1000 މައްސަރަށް ވުރެ ހެއުކަން ބޮޑުވެގެންވާ ރެއެއް ކަމަށާއި، އެރޭ އަޅުކަމުގައި ދެމި ހުރި މީހަކަށް އިސްވެ ގޮސްފައިވާ ހުރިހާ ފާފައެއް ފޮހެވި 83 އަހަރު އަޅުކަމުގައި ހޭދަކުރި ކަމުގެ ދަރުމައާއި ސަވާބު ލިބިގެންދާނެ ކަމަށެވެ. އެންމެ އެދެވޭގޮތެއްގައި ރަމަޟާން މަސް ހޭދަ ނުކުރެވުނު މީހުންނަށް ވެސް ފަހުދިހައަކީ ރަނުގެ ފުރުސަތެެއް ކަމަށާއި، ކުރިއަށް އޮތީ މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބަށް އެންމެ ބޮޑަށް ދަހިވެތި ވާންވީ ވަގުތު ކަމަށެވެ. އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ރޭތަކާއި ދުވަސްތަކުގައި ސުވަރުގެ ލިބިގަތުމަށް އެއްބަޔަކު އަނެއް ބަޔަކާއި ވާދަކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެެވެ.
ޚުޠުބާގައި އިތުރަށް ބުނީ، ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަ ފުއްސެވުން އެދި މަލާއިކަތް ބޭކަލުން ދުޢާ ކުރައްވާނެ ކަމަށާއި، އެއީ ފަތިސް ވުމަށް ދާންދެން އަމާންކަން ލިބިގެންވާ ރެއެއް ކަމަށެވެ. މުޅި ކާއިނާތުގައި ހިނގާނެ ހުރިހާ ކަމެއް ވަނީ ލަވްޙުލް މަޙްފޫޛްގައި ލިޔުއްވާފައި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް އަހަރުގައި ހިނގާނެ ކަންކަން، ކޮންމެ އަހަރެއްގެ ލައިލަތުލް ޤަދްރި ވިލޭރޭ ކަނޑައަޅުއްވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ލައިލަތުލް ޤަދްރި ވިލޭރޭ، ﷲ އަށް މުނާޖާ ދަންނަވައި، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދުމަށް ޚުޠުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. ރަމަޟާން މަހުގެ ފަހު ދިހައިގައި ހެޔޮ ޢަމަލު ކުރުން ގިނަކޮށް، ލައިލަތުލްޤަދްރި ވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ، އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮ ނަސީބު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު