މުސްލިމުންގެ އެންމެ މުޤައްދަސް އެއް މިސްކިތް ކަމުގައިވާ މަސްޖިދުލް އަޤްޞާގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވުމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.
ރޭ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަޤްޞާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ވެސް ވަނީ ހަމަލާ ދީފިއެވެ. މި ހަމަލާތަކުގައި ޒަހަމްވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 213 އަށް އަރާފައެވެ.
އިސްރާއީލްގެ މި އަމަލު ކުށްވެރި ކުރައްވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ، އަލް މަސްޖިދުލް އަޤުޞާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ވަދެ ހިންގަމުންދާ އަނިޔާވެރި އުދުވާނީ އަމަލުތައް ކުއްވެރިކޮށް، އަޤުޞާ މިސްކިތުގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވަންޖެހޭ ކަމަށެވެ. އަދި އިސްރާއީލްގެ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފު ޢަމަލުތަކެއް ކަމަށް ވެސް ޑރ. ޝަހިމް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލު ސިފައިންގެ އަނިޔާވެރިކަން އިތުރުވެ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައި ފަލަސްތީނުގެ ފަސް މީހަކު އިއްޔެ ވެސް ވަނީ ޝަހީދުކޮށްލާފައެވެ. މި ފަސް މީހުންގެ ތެރޭގައި ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ޒުވާނެއްގެ އިތުރުން ފަލަސްތީނުގެ ގާނޫނީ ވަކީލަކުވެސް ހިމެނެއެވެ.
މި ފަސް މީހުން ވެސް ޝަހީދު ކޮށްލާފައިވަނީ އިސްރާއީލު ސިފައިން އެ މީހުންގެ ބޮލަށާއި މެއަށް ބަޑިޖަހައިގެންނެވެ. މީގެއިތުރުން އިސްރާއީލުން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހަކުވެސް އިއްޔެ ވަނީ ޒަހަމް ކޮށްލާފައެވެ.

އަލްމަސްޖިދުލްއަޤުޞާގެ ތެރެއަށް އިޒްރެއިލްގެ ސިފައިން ވަދެ ހިންގަމުންދާ އަނިޔާވެރި ޢުދުވާނީ ޢަމަލުތަށް ކުއްވެރިކޮށް، އަޤުޞާ މިސްކިތުގެ ދިފާޢުގައި މުސްލިމު އުންމަތް ތެދުވަންޖެހޭ. އިޒްރެއިލްގެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާއި މުޢާހަދާތަކާ ޚިލާފު ޢަމަލުތަކެއް pic.twitter.com/JDb8b9iLR1
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 15, 2022
އިސްރާއީލު ސިފައިންގެ އަނިޔާވެރިކަން އިތުރުވެ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައި ފަލަސްތީނުގެ ފަސް މީހަކު އިއްޔެ ވެސް ވަނީ ޝަހީދުކޮށްލާފައެވެ. މި ފަސް މީހުންގެ ތެރޭގައި ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ޒުވާނެއްގެ އިތުރުން ފަލަސްތީނުގެ ގާނޫނީ ވަކީލަކުވެސް ހިމެނެއެވެ.
މި ފަސް މީހުން ވެސް ޝަހީދު ކޮށްލާފައިވަނީ އިސްރާއީލު ސިފައިން އެ މީހުންގެ ބޮލަށާއި މެއަށް ބަޑިޖަހައިގެންނެވެ. މީގެއިތުރުން އިސްރާއީލުން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހަކުވެސް އިއްޔެ ވަނީ ޒަހަމް ކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު