މާލޭގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
އަމީނީމަގުގައި ހުންނަ ދިވެހި ރާއްޖޭގެ އަޑުކައިރީގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުއެެވެ. ފުލުހުންގެ އިދާރާއިން ބުނީ މިއަދު ހަވީރު 18:10 ހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ބަހަކާއި ސައިކަލެއް ޖެހިގެން ކަމަށާއި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަންއިން މީހާއަށް ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓް ހިނގިއިރު އެމްޓީސީސީގެ ބަހުގައި ވެސް މީހުން ތިއްބެވެެ. އެހެން ނަމަވެސް މި އެކްސިޑެންޓްގައި ބަހުން ދަތުރުކުރި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ މި އެކްސިޑެންޓްވި ސައިކަލު ބަހާއި ދޭތެރޭ ތާށިވީ ކަމަށެވެ. ފުލުހުން ގެންދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު