އަހުމަދު މަސްނޫމް   16 އޭޕްރީލު 2022 - 23:49
ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައިފަރުވާ ދެމުންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިހަމަލާގައި މަރުވެފައިވަނީ އެ ރެސްޓޯރެންޓް ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގުލަދޭޝް ރައްޔިތެކެެވެ. ހަމަލާދިން މީހާއަކީ އެ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައެވެ. ހަމަލާދިން މީހާ ވަރަށް ބޮޑަށް ޒަހަމުކޮށްލާފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެެވެ.

ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު ހިނގި މި މާރާމާރީގައި ހަމަލާދިން ޕާކިސްތާނު މީހާ ވަނީ ހަމަލާދިނުމަށް ފަހު ފިލާފައެވެ. މި ހަމަލާ ދިން ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު