އިޒްރޭލް ސިފައިން އަގްސާ މިސްކިތަށް ވަދެ ހިންގި ހަމަނުޖެހުންތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަގްސާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާތަކެއް ވަނީ ދީފައެެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޒަޚަމްވެފައެވެ.
އެކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުން ބުނީ ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ. އަދި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު އަބަދުވެސް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިސްރާއީލު ސިފައިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގުދުސްގެ އަލް އަގްސާ މިސްކިތަށް ނަމާދަށް އަރާ މީހުންނަށް ހުރަސް އަޅައި އެމީހުންނަށް ހަމަލާދީ، އެކި ކަހަލަ ދުއްތުރާކޮށް ފުރައްސާރަ ކުރުމަކީ އާންމުކޮށް ހިންގަމުން ގެންދާ ޖަރީމާތަކެކެެވެ.

ކިޔުންތެރިންގެ ހިޔާލު