ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލްދޭޝް މީހާ މަރާލި މައްސަލައިގައި އޭނާއަށް ހަމަލާދިން ޕާކިސްތާން މީހާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ޚާންޖީ ރެސްޓޯރެންޓްގައި މިއަދު ހަވީރު ވަޅިން ހަމަލާދީ މަރާލާފައިވަނީ އެތަނުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގުލަދޭޝް ރައްޔިތެކެެވެ. އޭނާ އަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓްގެ ކައްކާ އެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނު މީހެކެވެ.ހަމަލާދިނުމަށް ފަހު ޕާކިސްތާނު މީހާ ވަނީ ފިލާފައެވެ. ފުލުހުން ބުނީ ހުޅުމާލޭ ހޮސްޕިލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ޒަޚަމްވި ބަންގުލަދޭޝް މީހާ މަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނީ، ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރު މަރާލި މައްސަލައިގައި ހޯދަމުންދަނީ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދް ކަމަށެވެ.
ފުލުހުން ބުނީ އެއީ ވަރަށް ނުރައްކާތެރި މީހެއް ކަމަށާއި، އެމީހާ ފެނުނު ނަމަވެސް އެމީހާ އާއި ކުރިމަތިނުލުމަށް އެދޭ ކަމަށެވެ. ފުލުހުން ވަނީ މުހައްމަދު އާބިދު ފެނިއްޖެނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިފައެވެ. ބަންގުލަދޭޝް މީހާ އަށް ހަމަލާދީ މަރާލި މީހާ މީގެ ކުރިން ވެސް އޭނާ އަށް އެކި ފަހަރުމަތިން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް އެ ރެސްޓޯރެންޓްގެ ބައެއް ބިދޭސީން ވަނީ ބުނެފައެވެ.
އެ ރެސްޓޯރަންޓު ހިމެނޭ މަގު ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Muhammad Abid, a 26-year-old male Pakistani national is wanted in suspicion of this homicide.
— Maldives Police (@PoliceMv) April 16, 2022
The suspect is deemed dangerous and we urge public not to approach him and call 119 if seen. 2/2 pic.twitter.com/u6Rnn5EVIL
ފުލުހުން ބުނީ އެއީ ވަރަށް ނުރައްކާތެރި މީހެއް ކަމަށާއި، އެމީހާ ފެނުނު ނަމަވެސް އެމީހާ އާއި ކުރިމަތިނުލުމަށް އެދޭ ކަމަށެވެ. ފުލުހުން ވަނީ މުހައްމަދު އާބިދު ފެނިއްޖެނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިފައެވެ. ބަންގުލަދޭޝް މީހާ އަށް ހަމަލާދީ މަރާލި މީހާ މީގެ ކުރިން ވެސް އޭނާ އަށް އެކި ފަހަރުމަތިން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް އެ ރެސްޓޯރެންޓްގެ ބައެއް ބިދޭސީން ވަނީ ބުނެފައެވެ.
އެ ރެސްޓޯރަންޓު ހިމެނޭ މަގު ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު