ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެެ.
ފުލުހުންގެ އިދާރާއިން ބުނީ މިރޭ 21.20 ހާއިރު ހުޅުމާލޭ ޕޮލިސް ފްލެޓް ސަރަހައްދުގައި ކާރަކާއި ބެޓެރީ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ.
ސައިކަލު ދުއްވި އެމީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓް ހިނގިއިރު ޓެކްސީގައި ތިބި 18 އަހަރުން ދަށުގެ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކާއި އުމުރުން ދުވަސްމީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު