ދޮޅުއަހަރުން އެމްޑީޕީގެ ވެރިކަން ނިންމަން ބޭނުންވާ މީހަކު އެމްޑީޕީގެ ޗެއަރޕާސަނަކަށް ކަމަކުނުދާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއަރޕަސަންކަމަށް އަންނަ ބޭފުޅަކީ ވެރިކަމުގައި ބާކީ އޮތް ދޮޅު އަހަރަށް އަންނަ ބޭފުޅެއްކަމަށް ވިދާޅުވެ، ޗެއަރޕަސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ ވާހަކަދެއްކެވުމުންނެވެ.
އިންތިގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރައްވާ ރޮޒައިނާ ވިދާޅުވީ އިންތިގެ ވާހަކަތަކަކީ ފައްޔާޒް ހޮވަން ކޮންމެހެން ޖެހޭ ސަބަބުތަކެއްކަމަށެވެ.
"އެމްޑީޕީގެ ޗެއަރޕާސަނަކަށް އައްޔަންކުރާ މީހާއަށް އެބަ އެންގެން ޖެހޭ މިއީ ސަރުކާރު ހިންގާ ޕާޓީކަން. މި ޕާޓީ މިވަގުތު ހިންގަން ޖެހެނީ އެގޮތަށް! އިދިކޮޅު މުޒާހަރާ އެއްހެން އެތެރޭ އިންތިހާބް ސިފަވާ އިދިކޮޅު ސްޓައިލެއްގައި ތާށިވެފައި ހުރި މީހަކަށް މިކަމެއް ނުވާނެ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަނަކަށް އަންނަ މީހަކީ ސަރުކާރާއި ޕާޓީގެ އާންމު މެމްބަރުން ގުޅުވާލައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވޭ ގޮތަށް އެމްޑީޕީ ހިންގާ މީހަކަށް ވާންޖެހޭކަމަށެވެ.
"މިހާ ފިތުނަވެރިކޮށް، ހަޑިކޮށް، ރުޅި ވެރިކަމާއެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަންޑަކަށް ނުހެދޭނެ." އިންތިގެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ބޭނުން ވަނީ ސަރުކާރު ދޮޅު އަހަރަށް އޮންނާކަށް ނޫންކަމަށާއި، މެމްބަރުން ބޭނުންވަނީ 2023 ގައިވެސް އެމްޑީޕީގެ ސަރުކާރެއް އޮންނަންކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ދޮޅު އަހަރުން ނިންމާލަން އުޅޭ މީހަކު ޗެއަރޕާސަނަކަށް ގެނައުމަކީ ކިހާ ބުއްދިވެރި ކަމެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލުވެސް އުފައްދަވާފައެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ ބޭނުންވަނީ ސަރުކާރާއި ގުޅިގެން 2023 ހޯދަން މަސައްކަތް ކުރާނެ ޗެއަރޕާސަނެއް ކަމަށެވެ.

Mi fennany @faya_i hovan konmehen jehey sababu! #MDP CP akah anna meeha ah eba engen jehey mee sarukaaru hinga party kan. Mi party mivaguthu hingan jehenee egothah! Idhikolhu muzaahara eh hen etherey inthihaab sifavaa idhikolhu style ga thaashi vefa huri meehakah mikameh nuvaane! pic.twitter.com/q6Zt60RJ0a
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 17, 2022
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަނަކަށް އަންނަ މީހަކީ ސަރުކާރާއި ޕާޓީގެ އާންމު މެމްބަރުން ގުޅުވާލައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވޭ ގޮތަށް އެމްޑީޕީ ހިންގާ މީހަކަށް ވާންޖެހޭކަމަށެވެ.
"މިހާ ފިތުނަވެރިކޮށް، ހަޑިކޮށް، ރުޅި ވެރިކަމާއެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަންޑަކަށް ނުހެދޭނެ." އިންތިގެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީ މެމްބަރުން ބޭނުން ވަނީ ސަރުކާރު ދޮޅު އަހަރަށް އޮންނާކަށް ނޫންކަމަށާއި، މެމްބަރުން ބޭނުންވަނީ 2023 ގައިވެސް އެމްޑީޕީގެ ސަރުކާރެއް އޮންނަންކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ދޮޅު އަހަރުން ނިންމާލަން އުޅޭ މީހަކު ޗެއަރޕާސަނަކަށް ގެނައުމަކީ ކިހާ ބުއްދިވެރި ކަމެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލުވެސް އުފައްދަވާފައެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ ބޭނުންވަނީ ސަރުކާރާއި ގުޅިގެން 2023 ހޯދަން މަސައްކަތް ކުރާނެ ޗެއަރޕާސަނެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު