އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ދެ ވެރިޔަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދިޔަމަހުގެ 25 ވަނަ ދުވަހުގެ މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދާއި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްޞާން މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާކަމަށެވެ.

ހީނާ ވިދާޅުވީ ސައީދު ފުލުސް އޮފީހަށް ހާޒިރުކުރަނީ މިރޭ 9:00 އަށްކަމަށާއި، އަދި ޣައްޞާން ހާޒިރުކުރަނީ މިރޭ 10:30 އަށްކަމަށެވެ. ނަމަވެސް އެބޭފުޅުން ހާޒިރުކުރަނީ ސީދާ ކީއްވެގެންކަމެއް ހާމައެއް ނުކުރެއެވެ.

މިމަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ވަނީ "ނޭވާހޮޅިއަށް" ނަމުގައި މުޒާހަރާއެއް ބާއްވާފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މުޒާހަރާ ހުއްޓުވައި ބައެއް މީހުން ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޣައްސާނާއި ސައީދު ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު