ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވައިފިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައިވެސް އިންނަވާ އަލީ ސަމީރު އިސްތިއުފާދެއްވީ މިއަދުއެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ނޭނގޭއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ގާޒީކަން ކުރެއްވި ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ 2011 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު