ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އދ.އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފިރިހެން ފަތުުރުވެރިޔަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 12:11 ހާއިރު ލިބިފައިވާކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށާއި، ނިޔާވީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު