މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
މި ސަރުކާރުން ހިންގާ ހުރިހާ ގޯސްކަމެއްގެ ޒިންމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނަގަންޖެހޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަންނަމަހު ބާއްވާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބާއި ގުޅުވައިގެން، އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ ފެކްޝަނުން ދަނީ މި ސަރުކާރުގެ ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ ވާހަކަތަކެއް ދައްކާ އެކަންކަމުގެ ތުހުމަތު ސަރުކާރުގެ ބޮލުގައި އަޅުވަމުންނެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި ތިބެ މިފަދަ ވާހަކަތައް ރައީސް ނަޝީދުގެ ފެކްޝަނުން ދައްކަމުން ދާތީ އެކަމާއި ގުޅިގެން، ޝަރީފް މިއަދު ވިދާޅުވީ، މިސަރުކާރުން ހިންގާ ހުރިހާ ގޯސްކަމެއްގެ ޒިންމާ، އެމްޑީޕީން ނަގަންޖެހޭނެ ކަމަށެވެ.

އަދި އެ ޒިންމާ ނެގެންޖެހޭނެކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، މަޖިލީހުގެ 65 މެންބަރުން ތިބީ އެމްޑީޕީގެ ވިޕްލައިންގައި ކަމަށާއި މަޖިލިހުގައި އެޖެންޑާ ކުރުމުގެ ބާރުއޮތީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ކަމަށެވެ.

"މިސަރުކާރު ގަބޫލު ނުކުރަންޏާ، ކޯލިޝަނުން ވަކިވޭ، ނޫނީ ޒިންމާނަގާ." ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމާއި މަޖިލީހުގެ މެޖޯރިޓީ ދިނީ ޕޯޑިއަމްތަކުގައި އިތުރަށް ވަގަށް ގޮވުމަކަށް ނޫން ކަމަށާއި ގޯސްކޮށް ބަޔަކު ހިންގާފައިވާ ކަންކަން ރަނގަޅުކޮށް އެކަންކަން ތަކުރާރު ނުވާނެގޮތެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން، އެއްޕާޓީގެ ކުޑަދަށުގައި ތިބެ، އަދި ދެބާރުގެ ވެރިންގެ ގޮތުގައި ތިބެ ރައްޔިތުންނަށްވީ ވައުދު ފުއްދައި ދިނުމަށް ޝަރީފު ވަނީ ގޮވާލައްވާފައެވެ.

ޝަރީފް މިފަދައިން ގޮވާލައްވާފައިވާއިރު، ރައީސް ނަޝީދުގެ ފެކްޝަން މިފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ ސަރުކާރުން ކުރާ ކޮންމެކަމަކަށް ފާޑުކިޔައި އިދިކޮޅުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައެވެ. ހާއްސަކޮށް ސަރުކާރުގައި ތިބެ ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި، ސަރުކާރަށް ގޯސްކޮށް ކުރެވޭ ކަންކަމުގެ ޒިންމާ ނުނަގާ، ސަރުކާރުން ރަނގަޅަށް ކުރާ ކަންކަމުގެ ކުރެޑިޓް ނަގާ ބައެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އަބްދޯ

21-Apr-2022

މިވެސް ސިޔާސީ މީހެކޯ? ނަންވެސް އަޑުއެހިތާ މިހިރީ. ތިއަށްވުރެ އޮފިޝަލް ފޮޓޯގަނޑެއްވެސް ނެތީބާ? ދެންއަންނަ އިންތިހާބެއްގަ ވެރިކަމަށް އަންނާނެހެންހީވާ ބަޔަކާ ކޯލިޝަން ހަދާގެން މަގާމު ގަނޑެއް ލިބޭތޯ ތިބަލަނީ??


-6

ކޮރަކަލި

21-Apr-2022

ފާއިތުވެދިއަ ސަރުކާރުން ކޮށްފައިވާ ގޯސްކަންކަން މިސަރުކާރު ނިމުމުގެ ކުރިން ބެލުމަކީ ވަރަށް މުހިންމުކަމެއް