ދިވެހި ރައްޔިތުންގެ ގައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ހިދުމަތްތައް މިރޭ މެދުކެނޑޭނެކަމަށް އެ ބޭންކުން ބުނެފިއެވެ.
ރައްޔިތުން ބޭންކުގެ ގޮތުގައި އިޝްތިހާރުކުރަމުންދާ ބީއެމްއެލުން ބުނީ އެ ބޭންކުގެ އޮންލައިން ހިދުމަތްތައް މިރޭ 1:30 އާއި 2:30އާ ދެމެދު މެދުކެނޑޭނޭކަމަށެވެ. މިއީ މަސައްކަތްތައް ކުރަންޖެހިގެން ގެންނަ މެދުކެނޑުމެއްކަމަށް ބީއެމްއެލުން ބުނެއެވެ. ނަމަވެސް ކުރަން އުޅެނީ ކޮން މަސައްކަތެއްކަމެއް ނުބުނެއެވެ.
މީގެ 3 ދުވަސްކުރިން 14 އޭޕްރީލްގައިވެސް ހަމަ އެ ގަޑީގައި ބީއެމްއެލްގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އެދުވަހުވެސް ބުނީ "މަސައްކަތެއް ކުރަން"ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ. އަދި 3 އޭޕްރީލްގެވެސް ހަމަ އެ ވަގުތު ވަނީ ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލާފައެވެ.
އެހެންކަމުން މިއީ މި ރޯދަމަހު ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލާ 3 ވަނަ ފަހަރެވެ. އެހެންކަމުން މި ރޯދަމަހު ކުރިއަށްއޮތް ދުވަސްތަކުގައި ބީއެމްއެލްގެ އޮންލައިން ހިދުމަތް މެދުކެނޑޭނީ ކިތައް ދުވަހުކަމެއް ނޭނގެއެވެ.
ބީއެމްއެލްގެ އޮންލައިން ހިދުމަތް މެދުކެނޑުމުގެ އިތުރުން އެކައުންޓްތަކުގައި ހުންނަ ފައިސާގެ އަދަދު ނުފެންނަ މައްސަލަވެސް ވަރަށް ގިނައިން ކުރިމަތިވަމުން އަންނައިރު، މިކަމާއި ގުޅޭގޮތުން ބެންކް އޮފް މޯލްޑިވްސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބީއެމްއެލްގެ ބަދަލުގައި އެހެން ބޭންކުތައް އިހްތިޔާރުކުރަންޖެހޭ ހާލަތަށް އެ ބޭންކްގެ ކަންކަން ވަނީ ގޮސްފައެވެ. އަބަދުވެސް ބިދޭސީއަކު ބޮޑަކަށްލައިގެން ހިންގާ ދިވެހި ބޭންކުގެ ކާޑުތަކުން ބޭރުފައިސާ ލިމިޓްކުރި ގޮތަށް އެކަމަށް ވެސް މިހާތަނަށް ހެޔޮބަދަލެއް ނުގެނެއެވެ.

Customers will experience service interruptions to Internet Banking for 1 hour between 1:30 to 2:30 am tonight (17th April 2022) due to a planned maintenance. We apologise for any inconvenience caused.
— Bank of Maldives (@bankofmaldives) April 16, 2022
މީގެ 3 ދުވަސްކުރިން 14 އޭޕްރީލްގައިވެސް ހަމަ އެ ގަޑީގައި ބީއެމްއެލްގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އެދުވަހުވެސް ބުނީ "މަސައްކަތެއް ކުރަން"ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ. އަދި 3 އޭޕްރީލްގެވެސް ހަމަ އެ ވަގުތު ވަނީ ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލާފައެވެ.
އެހެންކަމުން މިއީ މި ރޯދަމަހު ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލާ 3 ވަނަ ފަހަރެވެ. އެހެންކަމުން މި ރޯދަމަހު ކުރިއަށްއޮތް ދުވަސްތަކުގައި ބީއެމްއެލްގެ އޮންލައިން ހިދުމަތް މެދުކެނޑޭނީ ކިތައް ދުވަހުކަމެއް ނޭނގެއެވެ.
ބީއެމްއެލްގެ އޮންލައިން ހިދުމަތް މެދުކެނޑުމުގެ އިތުރުން އެކައުންޓްތަކުގައި ހުންނަ ފައިސާގެ އަދަދު ނުފެންނަ މައްސަލަވެސް ވަރަށް ގިނައިން ކުރިމަތިވަމުން އަންނައިރު، މިކަމާއި ގުޅޭގޮތުން ބެންކް އޮފް މޯލްޑިވްސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބީއެމްއެލްގެ ބަދަލުގައި އެހެން ބޭންކުތައް އިހްތިޔާރުކުރަންޖެހޭ ހާލަތަށް އެ ބޭންކްގެ ކަންކަން ވަނީ ގޮސްފައެވެ. އަބަދުވެސް ބިދޭސީއަކު ބޮޑަކަށްލައިގެން ހިންގާ ދިވެހި ބޭންކުގެ ކާޑުތަކުން ބޭރުފައިސާ ލިމިޓްކުރި ގޮތަށް އެކަމަށް ވެސް މިހާތަނަށް ހެޔޮބަދަލެއް ނުގެނެއެވެ.
ކިޔުންތެރިންގެ ހިޔާލު