ނުރައްކާތެރި ކުށްވެރިން މޮނިޓަރ ކުރުމަށް ބޭނުންވާ ޓެގް ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ނުރައްކާތެރި ކުށްވެރިން މޮނިޓާ ކުރުމަށް ރާއްޖެ ގެނެސްފައިވަނީ 100 ޓެގް ކަމަށެވެ. މޮނިކޮން ޓެގް ރާއްޖެ ގެނެސްފައިވަނީ އަމިއްލަ ބަޔަކާއި ހަވާލުކޮށްގެންނެވެ.

ހޯމް މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްދަނީ ޓެގް އެޅުވުމަށް ޓެކްނިކަލް ގޮތުން ވާންޖެހޭ ތައްޔާރީތައް ކަމަށެވެ. ފުރަތަމަ 100 ޓެގް ގެނެސް ކުށްވެރިންގެ ފައިގައި އެޅުވުމަށް ނިންމާފައިވީ ނަމަވެސް ހާލަތަށް ބަލައި އެ އަދަދު އިތުރު ކުރަންޖެހިއްޖެ ނަމަ އިތުރު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުށްވެރިން ފައިގައި ޓެގް އަޅުވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރުގެ ދަށުންނެވެ. ދިވެހި ރާއްޖޭގެ ހައިކޯޓުން ނެރޭ އެ އަމުރަކީ ބޮޑެތި ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށް އަޅުވާ ޓެގެކެެވެ. ޓެގް އެޅުވުމުން އެމީހާގެ މޫވްމެންޓް ފުލުހުންނަށަ މޮނިޓަރ ކުރެވޭނެއެވެ.

ޓެގް އަޅުވަނީ ވަކި ކަންކަމަކަށް ޝަރުތު ކޮށްފައެވެ. އެގޮތުން ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުދިޔުމާއި، އެ އުޅޭ ރަށަކުން ފުރައިގެން އެހެން ތަނަކަށް ދާނަމަ ޚާއްސަ ހުއްދައެއް ހޯދަން ޖެހުން ފަދަ ޝަރުތުތަކެެއް ވަނީ ހިމަނާފައެވެ. މި ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެމީހުން އަނބުރާ ޖަލަށް ބަދަލުކުރެވޭނެ ކަމަށް މޮނިކޮން އަމުރުގައި ބުނެފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު


-2

އަހުމަދު

18-Apr-2022

ނުރައްކާތެރި ކުއްވެރިން ޓެގެއް އަޅުވާފައި ނަމަވެސް ދޫކުރާން ޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ. ޓެގެއްނެތި ކުރިކުށަކަށް ބަންދުގައި ނުބޭތިއްބޭ ބަޔަކު ޓެގުއަޅުވާފަ ހުއްޓާ ކުރާކުށަކަށް ވެސް ބަންދެއް ނުކުރެވޭނެ ނޫންތޯ.