ރާއްޖޭގެ ރަށެއް: މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް
ރާއްޖޭގެ ރަށެއް: މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެެވެ.

މިއަދު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި މެޓް އޮފީހުގެ ސްޓޭޝަންތަކުން ރެކޯޑުކުރި ފިނިހޫނުމިނުގެ ތަފާސްހިސާބު އެ އޮފީހުން ވަނީ އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު ވައިގެ ތެތްކަމާއި މޫސުމުގެ ސަބަބުން އިހުސާސްވާ ފިނިހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ ހުޅުލެއަށެވެ. މެޓް އޮފީހުގެ ފިނިހޫނު މިނުގެ ރިކޯޑްތައް ދައްކާގޮތުން ހުޅުލޭގެ ފިނިހޫނުމިން މިއަދު ވަނީ 43 ޑިގްރީ ސެލްސިއަސް އަށް އަރާފައެެވެ.



މެޓް އޮފީހުން ބުނީ ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. ނަމަވެސް ފިނިހޫނުމިން އިހުސާސް ކުރެވިފައި ވަނީ 38-39 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެއިތުރުން ހަނިމާދުއަށް ފިނިހޫނުމިން ރެކޯޑް ކުރެވިފައި ވަނީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށާއި، ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ފިނިހޫނުމިނުގެ ޑާޓާތަކުން ދައްކާ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރާ ކަމަށް މެޓުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު