ކައިވެނި ކުރާނެ ކަމަށް ބުނެ ފިރިހެނަކު ގެއަކަށް ގެންގޮސް، ބިރު ދެއްކުމަށްފަހު 16،000ރ. އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން މާލޭގެ ގެއަކަށް މީހަކު ގެންގޮސް ވަޅިން ބިރު ދެއްކުމަށްފަހު ފައިސާ އަތުލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިމައްސަލައިގައި އަނިޔާ ލިބުނު ފިރިހެން މީހާ ބުނެފައިވަނީ އެ ގެއަށް އޭނާ ގެންދިޔައީ އޭނާއާ ކައިވެނި ކުރާނެ ކަމަށް ބުނެއެވެ. އަދި އެ ގެއަށް ދިއުމުން ވަޅިން ބިރުދެއްކުމަށްފަހު އޭނާގެ ކޭޝް ކާޑު އަތުލުމަށްފަހު އެ ކާޑު ބޭނުންކޮށްގެން 16،000ރ. ނަގާފައިވާ ކަމަށް އެމައްސަލައިގައި ހައްޔަރުކުރި ދެމީހުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.
މީގެކުރިން ވެސް މިގޮތަށް އޮޅުވާލައިގެން ގޭގެއަށް ގެންގޮސް ބިރުދެއްކުމަށްފަހު ފައިސާ އަތުލި މައްސަލަތައް ފެންމަތިވެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު