ވާދަވެރިން ކުރާ ތުހުމަތުތައް ކަމާގުޅޭ މުވައްސަސާތަކުން ބަލައި ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު މިރޭ ވިދާޅުވެއްޖެއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުން ހުޅުމާލޭގައި ހެދި ޖަގަހައެއް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ.

މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވޭ ވައްކަމާއި ނުފޫޒުގެ ބޭނުންކޮށްގެން ބިރުދައްކަމުންދާ ކަމުގެ ތުހުމަތުތައް ކަމާބެހޭ މުވައްސަސާތަކުން ބަލައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. އޭނާ އަށް ކުރެވޭ ތުހުމަތުތައް ބަލަންޖެހެނީ އެ ތުހުމަތުތައް ރައްދުކުރަނީ ދައުލަތުގެ މުހިއްމު ޒިންމާއާއި ހަވާލުވެ ތިއްބެވި ބޭފުޅުންތަކެއް ކަމަށް ވާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭނާ އަށް ތުހުމަތުތައް ކުރުމުގައި ވަރަށް ދަށު ދަރަޖައަށް ކަންތައްތައް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެވާހަކަތަކުގެ ހަގީގަތް ހޯދައިގެން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެެރިންގެ ވެސް ޒިންމާއެެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒާ ވާދަކުރަށްވާ އިމްތިޔާޒު ފަހުމީ, އިންތިއާއި އޭނާގެ ޓީމުން ފެށުނީއްސުރެ އަންނަނީ ފައްޔާޒާމެދު ސާބިތު ނުހިފޭ ވާހަކަތައް ދައްކައި އެފަދަ ތުހުމަތުތައްކޮށް އެންޓި ކެމްޕޭން ކުރަމުންނެވެ. އަދި ފައްޔާޒާ ޒާތީ ގޮތުން ދިމާކޮށް އިންތިހާބުގެ ކެމްޕޭންގެ ރޫހާއި ޚިލާފު ވާހަކަތައް ދައްކައި ސަރުކާރާ ޕާޓީގެ ވެސް އަގު ވެއްޓޭ ގޮތަށް އިދިކޮޅުން ދައްކާފަފަ ވާހަކަތައް ދައްކަމުންދާތީ ގިނަ ބަޔަކު އަންނަނީ އިންތިގެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ޔާގޫތުއިމދ

21-Apr-2022

އެކަމަކު މެންބަރަކައްއުޅުނުއިރުއުޅުނުހާލާ މިހާރު ތިއުޅޭ މުއްސަނދިކަމާ ދިމަލެއް ނުވޭ މީހުނައްފެނޭ