2023 ގައި އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާ އެކަން އެހެން ނުވެއްޖެނަމަ 2013 އިން 2018 އަށް ތަހަންމަލު ކުރި ހާލަތަށްވުރެ މާ ގޯސް ހާލަތަކަށް ރާއްޖެ ދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުން ހުޅުމާލޭގައި ހެދި ޖަގަހައެއް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ 2023 ގައި އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާ އެ ނޫންގޮތަކަށް ފުރުސަތު ދެެއްވައިގެން ނުހުންނަވާނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ކުރަމުންދާ މަސައްކަތް ބޮޑުތަނުން ފެއިލްކޮށްލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެ ފުރުސަތު އެއްވެސް ބަޔަކަށް އަޅުގަނޑުމެން ދޭކަށް ނެތީން، 2023 ގައި އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ކުރާ މަސައްކަތް އަޅުގަނޑުމެން ބޮޑުތަނުން ފެއިލް ކޮށްލާނަން،" އެމްޑީޕީއަށް ޗެއާޕާސަން ހޮވަން އުޅެނީ ދޮޅު އަހަރަކަށް ނޫން ކަމަށް ވިދާޅުވެ، ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންތި ދެެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ އޭނާ ޗެެއާޕާސަން ކަމަށް އިންތިހާބު ކޮށްދީފިނަމަ ކަންކަން ބަދަލުކޮށް އެމްޑީޕީގައި ކުރީން އޮތް ޖޯޝާއި ފޯރި އަލުން ގެނެސްދީ މެންބަރުންނަށް ފުރުސަތުތައް ފަހިކޮށްދީ މެންބަރުން ހަރަކާތްތެރި ބަޔަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި 2023 ލިބެން އޮތީ ސަރުކާރާއި ޕާޓީގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާ ވެގެން ކަމަށާއި އެމްޑީޕީއާއި ސަރުކާރާ ގުޅުމެއް ނެތި ކިތަންމެ މަސައްކަތެއް ކުރިނަމަވެސް 2023 ގައި ކާމިޔާބު ހޯދެން ނެތް ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެެވެ.

އެމްޑީޕީ "ހިންގާލަން" މިޝިއާރުގެ ދަށުން ކެމްޕޭން ކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒަށް ސަރުކާރުގެ އިސް ވެރިންނާއި މަޖިލިސް މެންބަރުން އަދި އެޕާޓީގެ ގިނަބައެއްގެ ތާއީދު އޮތްކަން މިހާރު އަންނަނީ ހާމަވަމުންނެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބި އެމްޑީޕީގެ ގިނަ ސަޕޯޓަރުންގެ ބޮޑު ތާއިދެއް ފައްޔާޒަށް އޮތް ކަމަށް ކެމްޕޭން ދަތުރުތަކުން ހާމަވާ ފައްޔާޒުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ޙަސަނު

21-Apr-2022

ޢިންޑިޔާ އައުޓް


-1

ޟަރީ

21-Apr-2022

ގުއިރީ


1

ޔާގޫތު

21-Apr-2022

ފައްޔާޒަކީ ރަނިންމޭޓުތަ