މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދާޚިލީ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓް އިތުރުކުރުމުގެ، ޕްލޭން ތައްޔާރުކޮށް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ 12:00ގެ ކުރިން އެކަން މިނިސްޓްރީއަށް އަންގަންޖެހޭނެ ކަމަށް އިޢުލާނުގައިވެއެވެ.
ދާޚިލީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ބީލަން ހުޅުވުން އޮންނާނީ 24 އޭޕްރިލްގައި ކަމަށެވެ.
ޖަލުގެ ޖާގަ އިތުރުކުރުމަށް 50 ގޮޅީގެއިތުރު ޔުނިޓެއް ހަދަން އިއުލާންކޮށްފައިވާއިރު ތަހުގީގު މަރުޙަލާގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒް ކުރަމުންދާ މީހުން ބޭތިއްބުމަށް ރާއްޖޭގައި ބޭނުންކުރަމުންދަނީ 4 ޖަލެވެ. އެއީ މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުށީ ޖަލާއި މާފުށީ ޖަލެވެ. މި ޖަލުތަކުގައި ދެހާހެއްހާ ގައިދީން ތިބިކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ. އެއީ ޖަލުތަކުގެ ޖާގައަށްވުރެ ހަތްސަތޭކައެއްހާ މީހުން އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު