ކުށްކޮށްގެން ހޯދާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ ނިޒާމް ރަނގަޅުކުރެވިއްޖެނަމަ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ހޯދޭނެކަމަށެވެ. އެގޮތުންކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ވެއްދުމަށް ނިޒާމް ހަރުދަނާކުރަންޖެހޭކަމަށާއި އެކަމަށްޓަކައި ޚާއްޞަ ދިރާސާއެއް އެކޮމިޝަނުން ހަދަމުން އަންނަކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީން ހަދާ މިދިރާސާ ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެދިރާސާއާއި ހަވާލާ ދެެއްވައި ޝާމިލް ވިދާޅުވީ އެސެޓް ރިކަވަރީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ރަނގަޅަށް އެ ނިޒާމް ހިންގާފައިވާ ޤައުމުތަކުގެ އުސޫލްތަކާއި ގޮތްތައް ބަލާފައިވާކަމަށެވެ. އެޤައުމުތަކުގެ ނިޒާމާއި ރާއްޖޭގައި ކަން އޮންނަގޮތް އަޅާކިޔާ ރަނގަޅުކުރަންޖެހޭކަން އެ ދިރާސާއިން އެނގިގެންދާނެކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ.

"މި ނިޒާމްގެ މަސްއޫލުވެރިކަމުގައި ވަރަށްމުހިންމު އެކައުންޓެބިލިޓީ ނިޒާމް ގާއިމްކޮށް އަޅުގަނޑުމެން ކޮން މުއައްސަސާއެއް ކުރާނީ ކޮން މަސައްކަތެއްތޯ، ކިހާ ހިސާބަކުންތޯ އޭގެ މަދަނީ ބައި ޖިނާއީ ބަޔަށް ބަދަލުވާނީ ނޫނީ އެނޫން ގޮތްތަކަކަށް ކަން ހިނގާނީ." އޭސީސީގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


4

ޟަތިފު

21-Apr-2022

ޑދެން ތި ދިރަސަ ކޮއްނުނިމެނެ ދައުރު ހަމަވައިރުވެސް