ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަގްސާ މިސްކިތުގައި ތިއްބާ އިސްރާއީލުގެ ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާ ދީފައިވެއެެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށްވުރެއް ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މިހާދިސާ ކުށްވެރިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ އަގުނުކުރެވޭ ވަރުގެ ގެއްލުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ނަމުގައާ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މި ކަންބޮޑުވުން ހިއްސާކުރާކަން ފާހަގަކުރަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަރުކާރުން ނެރުނު ބަޔާނެއްގައި އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ބުނީ ރާއްޖެ އިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެެވެ. އަދި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު އަބަދުވެސް ލިބޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު