ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.
ހައްޔަރުކުރި މީހާ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވެނީ އުމުރުން 11 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށެވެ. ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހިނގާދިޔަ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
އަދި ޖެންޑާ މިނިސްޓްރީ ގުޅިގެން މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު