ކުޅަދާނަ އިޚުލާސްތެރި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައި މިއަދު ނުހުންނެވި ނަމަ އަޅުގަނޑުމެންގެ މިއޮޑި ފަރަށް އެރީސްކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސައްލެ ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖެހުނަކަ ސަރުކާރުން ނުދޭނެ ކަމަށާއި ގައުމު އަމާން އައްސޭރިއަަކަށް ސަރުކާރުން ގެންގޮސްދޭނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރާ ކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާތީ ސަލީމް ވިދާޅުވީ އެއީ ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ސަލީމް ވިދާޅުވީ ސަރުކާރުގެ މަގްސަދަކީ ވިޔަފާރިތަކަށް ލުއި ދިނުމާއި ފަސޭހަކޮށްދިނުން ކަމަށެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ބޮޑު ދަތިތައް ކުރިމަތިވީ ވަގުތުވެސް ސަރުކާރުން އެކަންކަމަށް ރިއާޔަތްކޮށް، ސިޔާސަތުތައް ބަދަލުކޮށް ލުއި ދިންކަމަށް ސަައްލެ ވަނީ ފާހަަގަކުރައްވާފައެވެ. ސަރުކާރުން ގަބޫލުކުރީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ސަލާމަތްކުރުމަށްވުރެ މުހިންމު ކަމެއް ނެތްކަމަށް ކަމަށާއި، މިއަދު މިދެކޭ ކާމިޔާބުގެ އަސްލަކީ އެއީ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއާއި ބޮޑެތި އެހެން ޤައުމުތަކެއްގެ އިޤްތިޞާދު ދަށަށްދިޔަކަމަށާއި އެހެން ނަމަވެސް އެގައުމުތަކަށް ވުރެ ކުރިން ރާއްޖެއަށް އެ ހާލަތުން އަރައިގަނެވިފައިމިވަނީ މާތް ﷲ ގެ ހެއު ރަޙުމަތާއި ވެރިއެއްގެ މޮޅު ހިކުމަތު އަމަލީން ކަމަަށް އޭނާ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް ބަންދުކޮށް ފަތުރުވެރިން ތިބެން ތައްޔާރުކުރި އެނދުތަކުގައި ބަލި މީހުން ތިބެން ޖެހިދާނެ ކަމަށް ރައްޔިތުންގެ ހިތަށް ވެސް ނުގެވޭ ކަމަށާއި އެއީ ތަސައްވަރު ވެސް ކުރެވިފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުޅަދާނަ އިޚުލާސްތެރި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައި މިއަދު ނުހުންނެވި ނަމަ އަޅުގަނޑުމެންގެ މި އޮޑި ފަރަށް އެރީސްކަން، އެކަން އެގޭގޮތަކީ ދުނިޔެ ދައްކާ މަންޒަރުތަކުން އަޅުގަނޑުމެންގެ ވަށައިގެންމިވާ ގައުމުތަކުން ފެންނަ އަދި މި ކުރެވޭ ތަޖުރިބާތަކުން." އަވައްޓެރި ލަންކާ ފަދަ ގައުމުތަކުން މިސާލު ދައްކަވައި ރައީސް ސާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ސައްލެ ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ކޮވިޑުގެ ހާލަތު ފެށުނު އިރުގައި ރާއްޖެއާ ލަންކާއާ އޮތީ ގާތްގަނޑަކަށް އެއް ހާލަތެއްގައި ކަމަށެވެ. އަދި ރާއްޖެއާ ލަންކާއަށް އޭރު ތަޖުރިބާ ކުރަންޖެހިފައި އޮތީ ގާތްގަނޑަކަށް އެއް ކަހަލަ ކަންތައްތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
އެއީޗައިނާ ދަރަންޏާއި ކޮވިޑުގެ ސަބަބުން ހުއްޓުނު އިގްތިސާދު. އަޅުގަނޑުމެން އެ ހުރަސްތަކުން އަރައިގަތީ ކިހިނެއްކަން ދިވެއްސެއްގެ ހައިސިއްޔަތުން އެނގެންޖެހޭ، އޭގެ ކުރު ޖަވާބަކީ ﷲ ގެ ރަހުމަތާއި، ވެރިއެއްގެ ހިކުމަތް،" ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު