ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިސް ބޭފުޅުން ޚިޔާލު ފާޅުނުކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ސްޕުރީމް ކޯޓުން އެގޮތަށް އަމުރުކުރީ ޚިޔާނާތުގެ ގިނަ ދައުވާތަކެއް ލިބޭ އައްމަޓީ ބަންދުން ދޫކޮށްލި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވިޓާގައި އެކަމަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވާފައިވާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އައްމަޓީގެ ފަރާތުން އެދުމުން އެމައްސަލަ ބެލުމަށްފަހުއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ކުށެއް ނެތް މީހަކަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެހެންވެ، ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އައްމަޓީގެ މައްސަލަ ކޯޓުން ނިމެންދެން އެކަމާ ގުޅިގެން ޚިޔާލު ފާޅު ނުކުރަން އަންގާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ." ސްޕުރީމް ކޯޓުން ނެރުނު އެ އަމުރުގައިވެ އެވެ.
ސްޕުރީމް ކޯޓުން މީގެ ކުރިން ވެސް ވަނީ ޓެރަރިޒަމްގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްސަލާގައި އެފަދަ އަމުރެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު