ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ރާއްޖޭގެ 3 ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގައި 3 މަޝްރޫއެއް ހިންގުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމްކުރުމަށާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރކުރުމަށް ވޯކްޝޮޕެއް ގާއިމްކުރުމަށާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުންތަކެވެ.
ސަރުކާރުން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ސްޕީޗް ތެރަޕީ ޔުނިޓެއް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ގާއިމް ކުރެވޭނެއެވެ. އެގޮތުން ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯމެޓްރީ ސެޓަޕެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ބަހައްޓައި، ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރެވޭނެއެވެ. އެގޮތުން މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން 9 ލައްކަ ދިވެހި ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރކުރުމަށް ވޯކްޝޮޕެއް ގާއިމްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރިންގ ވޯކްޝޮޕް ޤާއިމްކޮށް، އެތަނަށް ބޭނުންވާ މެޝިނަރީޒްއާއި މެޓީރިއަލް ހޯދައި، އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނަފްސާނީ ބަލިތަކުގެ ފަރުވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށްވާއިރު އެ ސިޔާސަތު ކުރިޔަށް ގެންދިޔުމަށްޓަކައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރ ގާއިމު ކުރުމަށް 665،000ރ ގެ ހިލޭ އެހީ އިންޑިއާއިން ފޯރުކޮށްދޭން ވެސް މިއަދު ވަނީ ސޮއި ކޮށްފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމު ކުރުމާއި އަދި ނ. މަނަދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމާއި ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމުގައި އެހީތެރިވުމުގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާ ސަރުކާރުން ދަނީ ރާއްޖޭގެ ތަރައްގީގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސަރުކަރުގެ ހިލޭ އެހީގައި ގިނަ މަޝްރޫއުތަކެއް ކުރިޔަށް ދާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު