ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މެތުރެކް އަލްދޮސާރީ ދެއްވި ރޯދަވީއްލެވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މެތްރެކް އަލްދޮސާރީ ދެއްވި ރޯދަ ވީއްލެވުން އޮތީ މިއަދު ހޮޓެލް ޖެންގައެވެ.
މިއީ ރައީސް ނަޝީދާއި ރައީސް ސާލިހު މިފަހުން އެއްކޮށް ބައިވެރިވެވަޑައިގެންނެވި މިފަދަ 2 ވަނަ ރޯދަ ވީއްލެވުމެވެ. މީގެކުރިން މިދިޔަ ހަފްތާގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ރޯދަ ވީއްލެވުމެއްގައިވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް މިއިން އެއްވެސް ރޯދަ ވީއްލެވުމެއްގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅުދައްކަވާތަން ފެންނަ ފޮޓޯއެއް ނުފެނެއެވެ.
މިއަދު ބޭއްވި ރޯދަ ވީއްލެވުމުގައިވެސް ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގިނަ ބަޔަކު ބުނާގޮތުން ކުރިން އެންމެ ގާތް ދެ ބޭފުޅުންގެ ގޮތުގައި ފެނުނު ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު ވަނީ ސިޔާސީގޮތުން ބޮޑެތި ޚިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. އަދި އެކަމާއި ގުޅިގެން ޕާޓީ ތެރޭގައި ވެސް ވަނީ ދެ ފެކްޝަން އުފެދިފައެވެ.

— The President's Office (@presidencymv) April 18, 2022

ކިޔުންތެރިންގެ ހިޔާލު