އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ ކުނި އުކައިދިނުމުގެ ޚިދުމަތަށް ބިލް ކުރާނޭކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ މިހާތަނަށް ހިޔާ ފްލެޓްތަކުން ކުނި އުކައިދެމުން އައިސްފައި ވަނީ ހިލޭކަމަށާއި އެހެން ނަމަވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޚިދުމަތަށް ބިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކަށް ވެމްކޯއިން ކުނި އުކައިދިނުމުގެ ޚިދުމަތަށް މަހަކު 150 ރުފިޔާގެ ރޭޓުން ބިލް ކުރުމަށް ނިންމާފައިވާކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ ބިލް އަދި އެކައުންޓުގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އެކޯރޕަރޭޝަނުން ބުނެފައިވެއެވެ.
ވެމްކޯއިން ބުނިގޮތުގައި ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ޚާއްސަ ޚިދުމަތެކެވެ. ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސްގެ ޚިދުމަތަށް އެދުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.
ކެޕްސްގެ ޚިދުމަތަށް ބުކިންގ ހެދުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ހޮޓްލައިން 1666 ގުޅުމަށް ވެމްކޯއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު