ކުރީ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގައި ހިންގާފައިވާ ބޮޑު ހިޔާނާތާއި ގުޅޭ ރިޕޯޓު އާންމު ކުރަން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕްގައި އެސެޓް ރިކަވަރީ ކޮމިޝަން އުވާލި މައްސަލައިގައި އެމްޑީޕީގެ ފެކްޝަންތަކުގެ މެމްބަރުންގެ މެދުގައި މިއަދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
މިމައްސަލައިގައި ވަރުގަދަ އިންޒާރެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށެވެ. އަދި އެ ރިޕޯޓް ހިއްސާ ކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވުމާއި ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ، ހިޔާނާތްތެރި ވުމަކީ ދައުލަތުގެ ފައިސާ ތިޖޫތީގައި ހުއްޓައި ދަބަހަކަށް އަޅައިގެން، ނުވަތަ އެފައިސާ ނުގަވާއިދުން އެކި މީސްމީހުންނަށް ބެހުން އެކަނި ނޫންކަމަށެވެ. އެގޮތުން ދައުލަތުގެ މަގާމެއްގައި ހުރެ ހިޔާނާތާ ބެހޭ ރިޕޯޓެއް ސިއްރުކޮށް އެއަށް ފިޔަވަޅު ނާޅާ ހުރުމަކީ ވެސް ހިޔާނާތް ކަމަށް ވިދާޅުވެ ޝަރީފު ވަނީ ރައީސް ނަޝީދުގެ އަތްޕުޅުގައި އެ ރިޕޯޓު ބާއްވަވައިގެން އެކަން ސިއްރުކުރަށްވައިގެން ހުންނެވުމަކީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެފައެވެ.
"ތިޔަ ރިޕޯޓަކީ މަނިކުފާނުގެ އަތްޕުޅުގައި ސިއްރު ކުރެވިފައި އިންޒާރު ދެއްވަ ދެއްވާ އޮންނަންޖެހޭ ރިޕޯޓެއްނޫން، ތިޔަ ކުރައްވަނީ ގާނޫނީ ކުށެއް، ކަމިޝަން އުފެއްދެވި ފަރާތަށް ދަންނަވާ ތަހުގީގު ފެއްޓެވުމަށް، ނޫނީ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ރައީސް." ޝަރީފް ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެ ރިޕޯޓެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓަކީ ކުރީ ސަރުކާރާއި އަދި މި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުގެ ނަން އޭގައި ހިމެނޭ ރިޕޯޓެކެވެ.

ތިޔަ ރިޕޯޓަކީ މަނިފާނުގެ އަތްޕުޅުގައި ސިއްރު ކުރެވިފައި އިންޒާރު ދެއްވަ ދެއްވައި އޮންނަންޖެހޭ ރިޕޯޓެއްނޫން، ތިޔަ ކުރައްވަނީ ގާނޫނީ ކުށެއް، ކަމިޝަން އުފެއްދެވި ފަރާތަށް ދަންނަވާ ތަހުގީގު ފެއްޓެވުމަށް، އެނޫނީ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ރައީސް އަށް https://t.co/M3F0XqHoNj
— Ahmed Shareef (@shar_f) April 18, 2022
ރައީސް ނަޝީދު އެފަދައިން ވިދާޅުވުމާއި ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ، ހިޔާނާތްތެރި ވުމަކީ ދައުލަތުގެ ފައިސާ ތިޖޫތީގައި ހުއްޓައި ދަބަހަކަށް އަޅައިގެން، ނުވަތަ އެފައިސާ ނުގަވާއިދުން އެކި މީސްމީހުންނަށް ބެހުން އެކަނި ނޫންކަމަށެވެ. އެގޮތުން ދައުލަތުގެ މަގާމެއްގައި ހުރެ ހިޔާނާތާ ބެހޭ ރިޕޯޓެއް ސިއްރުކޮށް އެއަށް ފިޔަވަޅު ނާޅާ ހުރުމަކީ ވެސް ހިޔާނާތް ކަމަށް ވިދާޅުވެ ޝަރީފު ވަނީ ރައީސް ނަޝީދުގެ އަތްޕުޅުގައި އެ ރިޕޯޓު ބާއްވަވައިގެން އެކަން ސިއްރުކުރަށްވައިގެން ހުންނެވުމަކީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެފައެވެ.
"ތިޔަ ރިޕޯޓަކީ މަނިކުފާނުގެ އަތްޕުޅުގައި ސިއްރު ކުރެވިފައި އިންޒާރު ދެއްވަ ދެއްވާ އޮންނަންޖެހޭ ރިޕޯޓެއްނޫން، ތިޔަ ކުރައްވަނީ ގާނޫނީ ކުށެއް، ކަމިޝަން އުފެއްދެވި ފަރާތަށް ދަންނަވާ ތަހުގީގު ފެއްޓެވުމަށް، ނޫނީ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ރައީސް." ޝަރީފް ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެ ރިޕޯޓެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓަކީ ކުރީ ސަރުކާރާއި އަދި މި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުގެ ނަން އޭގައި ހިމެނޭ ރިޕޯޓެކެވެ.
ކިޔުންތެރިންގެ ހިޔާލު