ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭ ކުރިއަށްގެންދާ އިންޑިއާގެ ނޭވީ ޝިޕް "ސަތުލެޖް" ރާއްޖެ އަތުވެއްޖެއެވެ.
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހިސާބަށް ސަރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް"ގައި ރާއްޖެ ޒިޔާރަތް ކުރި ސަރވޭ ޓީމުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑަރ، ކާނަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވާ ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑްގެ ސީނިއަރ އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.

ކިޔުންތެރިންގެ ހިޔާލު