އިންޑިއާ ސަރުކާރުން ރާއްޖެއަށް ހައިޑްރޮގްރަފީ ސަރވޭކުރުމަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާކޮށްފިއެވެ.
އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި ތަކެތި ހަވާލުކުރުން އޮތީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވަނީ، ހައިޑްރޮގްރަފީ ސަރވޭކުރުމަށް ބޭނުންވާނެ ބައެއް އާލާތްތަކެކެވެ. އަދި 2021 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސަރވޭއިން ތައްޔާރުކޮށްފައިވާ ނެވިގޭޝަނަލް ޗާޓް މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އަދި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކްވެސް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރެއްވި އެހީ ދިވެހި ސަރުކާރާއި ހަވާލުކުރެއްވީ މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.
ހައިޑްރޮފީ ދާއިރާއިން ސަރވޭ ކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލެވެ. އަދި، ދެ ޤައުމު ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރި ޖޮއިންޓްލީ ސަރވޭޑް ޗާޓާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރެއްވި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހައިޑްރޯގްރެފިކް ޕާޓްނަރޝިޕަކީ، ދެ ޤައުމުގެ ވިޔަފާރީގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރޝިޕެއްކަން ފާހަގަކުރައްވާފައެވެ. އަދި 2007ވަނަ އަހަރު މަސައްކަތް ފަށައިގަނެ، މިއަދާ ހަމައަށް އައިއިރު، ވަރަށް ގިނަ ސަރވޭތަކެއް ކުރެވި، އޭގެ އެދެވޭ ނަތީޖާތައް ނެރެވިފައިވާ ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސަރވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ދިވެހިރާއްޖޭގައި ހައިޑްރޮގްރަފިކް ޚިދުމަތް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ، 99.7 އިންސައްތަ ކަނޑު ހިމެނޭ ޤައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަހަށް ޙަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު