ކަމާއި ބެހޭ ފަރާތްތަކުން ނަގަންޖެހޭ ލައިސެންސް ނެތި އެޖެންސީތަކުން ރާއްޖެއަށް ބިދޭސީން ގެނެސްފިނަމަ ނުވަތަ ރެކްރޫޓްކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާ ބެހޭ ގަވާއިދު އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާ ބެހޭ ގަވައިދަކީ ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާއި ލައިސަންސް އާކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލުކުރުމާއި އެޖެންސީ ހިންގުމާއި އެފަދަ އެޖެންސީއަކުން ދެވޭ ހިދުމަތްތަކާއި ހިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްފައިވާ ޤަވާއިދެވެ.
ގަވާއިދުގައިވާ ގޮތުން ލައިސެންސެއް ނެތި ވަޒީފާއަށް މީހުން ގެނައުމުގެ ހިދުމަތްދީފި ނަމަ އެ ފަރާތެއް 50 ހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ޤަވާއިދުގައިވާ ގޮތުން މިގޮތަށް ގެންނަ ކޮންމެ ބިދޭސީއެއްގެ ބޮލަށް އިތުރު 5000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގާނެއެވެ.
މީގެ އިތުރުން ވިޔަފާރިއަކުން ލައިސެންސް ނެތި ބިދޭސީން ރެކްރޫޓްކޮށްފިނަމަ އެ ވިޔަފާރިއަކަށް 40 ރުފިޔާގެ ޖޫރިމަނާއަަކާއި ރެކްރޫޓްކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ މަގުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެއެވެ. މީގެއިތުރުންވެސް އެކި ކަންކަމާއި ގުޅޭ ޖޫރިމަނާތައް މި ޤަވާއިދުގައި އެބަހުއްޓެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމްޕްލޯއިމަންޓް ސާވިސް ލައިސަންސްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ދޭނެ ހިދުމަތްތަކާއި ހިދުމަތުގެ މިންގަނޑުތައް ކަނޑައެޅޭނީ، އެ ފަރާތެއް ރަޖިސްޓަރީ ކުރެވޭ ކެޓަގަރީއަކަށް ބަލައިގެންނެވެ. އަދި ލައިސަންސް ދޫކޮށްފައިވާ އެޖެންސީއަކުން ދޫކޮށްފައިވާ ލައިސަންސް ކެޓަގަރީގައި ނުހިމެނޭ ހިދުމަތްތައް ދީފި ނަމަވެސް އިތުރު ޖޫރިމަނާތަކެއް އަންނާނެކަމަށް ޤަވާއިދުގައިވެއެވެ.
މިގަވާއިދުގައި އޭޖެންސީތަކުން ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދުތައްވެސް ބަޔާންކޮށްފައިވާއިރު އޭ ކެޓަގަރީގެ އޭޖެންސީ ރަޖިސްޓްރީ ކުރާނަމަ ޑިޕޮސިޓްގެ ގޮތުގައި ތިން ލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެއެވެ. ބީ ކެޓަގަރީގައި 50 ހާސް ރުފިޔާ އަދި ސީ ކެޓަގަރީގައި ތިން މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެއެވެ.
ކެޓަގަރީ އޭގައި ހިމެނޭނީ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ. ކެޓަގަރީ ބީގައި ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތައް ހިމެނޭއިރު ކެޓަގަރީ ސީގައި ހިމެނެނީ މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.

ކިޔުންތެރިންގެ ހިޔާލު