--
--
ހުޅުމާލޭގެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކަށް ދިމާވާ އެކިއެކި މައްސަލަތަކުގެ ތެރެއިން 500 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ މިހާތަނަށް ހައްލު ކޮށްދީފައިވާނޭ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، ޑްރެއިން ބްލޮކާއި ގުޅޭ 180 މައްސަލައެއް މިއަހަރުގެ މިހާތަނަށް ހައްލު ކޮށްދީފައިވެއެވެ. އަދި މިހާރުވެސް އޭގެ 20 މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

ފެންލީކުވުމުގެ މައްސަލަތަކަށް ބަލާއިރު ޖުމުލަ 312 މައްސަލައެއް މުޅީން ހައްލު ކޮށްދީފައިވާއިރު، ފެން ލީކުގެ 26 މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިޔަށެވެ.

މީގެ އިތުރުން ކަރަންޓާއި ގުޅޭ 88 މައްސަލައެއް ހައްލު ކޮށްދީފައިވާއިރު ކަރަންޓާއި ގުޅޭ އިތުރު 4 މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިޔަށެވެ.

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ތަނުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިދިނުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު