ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ޕީޕިއެމް މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން އެ ރިޕޯޓްގެ ދިވެހި ތަރުޖަމާއެއް ލިބޭގޮތް ހައްދަވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ވޯލްޑް ބޭންކުގެ ރިޕޯޓްގަައި ހުރި ވާހަކަތަކެއް ކަމަށް ބުނެ މަޖިލީހުގެ ޕީޕިއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ވާހަކަ ދެއްކުމާއި ގުޅިގެންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅުވާ ވާހަކަ ވޯލްޑް ބޭންކު ރިޕޯޓްގައި ނެތް ކަމަށެވެ. ވޯލްޑް ބޭންކު ރިޕޯޓްގައި ބުނަނީ ހަރަދުތައް ކުޑަކޮށް ސަރުކާރުގެ އިސްވެރިން ތަންތަނަށް ކުރާ ދަތުރުތައް މަދުކުރުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.
"މާމޮޅު ކަމެއް ވެގެން ނޫޅޭ ވޯލްޑް ބޭންކު ރިޕޯޓްގައި ބުނަނީ މަނިކުފާނު (ރައީސް ނަޝީދު) އަރިހުގައި ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވާށޭ." ސައީދު ވިދާޅުވިއެވެ.
ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވޯލްޑް ބޭންކު ރިޕޯޓްގައި ބުނަނީ ރާއްޖެ ބަނގުރޫޓް ވެއްޖެ ކަމަށެވެ. އެ ރިޕޯޓްގައި ބުނަނީ ރަނގަޅު އިމްތިޒާމެއްގެ ތެރެއިން ލޯނުތައް ރީސްޓަކްޗަރ ކުރުމަށް ކަމަށާއި 2024 ގައި ދައްކަންޖެހޭ ލޯނުތަކަކީ ބޮޑު އަދަދުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ވޯލްޑް ބޭންކު ރިޕޯޓްގައި އެ އޮތީ ދިވެހިރާއްޖޭގެ ރިޒާވް ނެތް ވާހަަކަ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ކާޑުކޮޅު ހުރި ވާހަކަ." ޝިޔާމް ވިދާޅުވިއެވެ.
ސައީދާއި ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ބައެެއް މެމްބަރުން ވަނީ ވޯލްޑް ބޭންކު ރިޕޯޓްގައި ނެތް ވާހަަކަ ދައްކަވާތީ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފައެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިދިކޮޅު މެމްބަރުން ރިޕޯޓާއި ގުޅިގެން ދައްކަވަނީ ދޮގު ވާހަަކަތަކެއް ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓް މަޖިލީހުގެ ވެބްސައިޓަށް ލާނެ ކަމަށެވެ.
"އަޅުގަނޑު ބަލާނަން މަޖިލިސް މެދުވެރިކޮށް އެ ރިޕޯޓް ތަރުޖަމާކޮށްގެން މި މަޖިލީހުން ޝާއިއުކުރެވޭތޯ ވެސް." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު