އަންނަ އަހަރުގެ ނިޔަލަށް 20000 ދަރިވަރުންނަށް ސަރުކާރުން ހިލޭ މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަގުބަލަށް ދެކޭ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށާއި އެގޮތުން ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމެންވާއިރަށް 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވޭ. އަދި މިހާރު 2،000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައި." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެވަޑައިގެން، 2019 ވަނަ އަަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު ހިލޭ ޑިގްރީ ޕްރޮގްރާމް ހުޅުވާލައި މިހާރު ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ މުވަނީ ތިން އަހަރު ފުރިފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 13284 ދަރިވަރުން ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީއަށް ފުރުސަތު ވަނީ ދީފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަން ރައީސް ވިދާޅުވިއެވެ.

The President inaugurates the Honorary Consuls Scholarship Programme https://t.co/BhZWut79w1
— The President's Office (@presidencymv) April 19, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެވަޑައިގެން، 2019 ވަނަ އަަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު ހިލޭ ޑިގްރީ ޕްރޮގްރާމް ހުޅުވާލައި މިހާރު ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ މުވަނީ ތިން އަހަރު ފުރިފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 13284 ދަރިވަރުން ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީއަށް ފުރުސަތު ވަނީ ދީފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަން ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު