މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ހުށައަޅާ މައްސަލަތައް ވެއްދުމުން އެކަމުގެ ހުރިހާ "ރޯޅިއެއް" ބާލަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް އިދިކޮޅުން ދަނީ ދޭތެރެ ދޭތެރެއިން ސަރުކާރާ ދެކޮޅު ކުއްލި މައްސަލަތައް ވައްދަމުންނެވެ. ނަމަވެސް، ވަރަށް މަދުކަމަކާ ނޫނީ މަޖިލީހުގައި ބަހުސްކުރަން ފާހެއް ނުވެއެވެ. ސަރުކާރުގެ މެޖޯރިޓީން އެފަދަ ގިނަ މައްސަލަތަކާމެދު ބަހުސްކުރަން ބޭނުން ނުވާކަމަށް ބުނެ މަޖިލީހުން ބޭރުކޮށްލަނީއެވެ.

މިކަމާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހަށް ވައްދާ މައްސަލަތަކަށް ބަހުސް ނުކުރުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫންކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ބަހުސް ނުކުރަނީ ސަރުކާރު ބަދުނާމު ވެދާނޭތީ ކަމަށާއި މައްސަލަތައް ތަޅުމަށް ގެންނާތީ ހުރިހާ ރޯޅިއެއް އަންނަނީ ރައީސް ނަޝީދަށް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިދިކޮޅުން މަޖިލީހަށް ހުށަހަޅަނީ ރައީސް ނަޝީދު ދެއްވާ ލިޔުމެއް ނޫން ކަމަށާއި އެފަދަ މައްސަލަތަކަކީ ރައްޔިތުންގެ އަޑުކަމަށެވެ.



"މި މައްސަލަ މިފަހަރު ވެސް ފްލޯއަށް އިއްޒަތްތެރި ރައީސް ގެންނެވީމަ މިތަނުން މިއޮތީ ބޭރުކޮށްލާފައި. އަޅުގަނޑަށް ހީވަނީ މިހެން މިކަން ހިނގަމުން ހިނގަމުން ގޮސް އެންމެފަހުން މަޖިލިސްގެ ރައީސް ތިޔަ ގޮނޑިން ބޭރުކުރާ ހިސާބަށް ވެސް މިކަން ދާނެހެން." މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝާރީފް ވިދާޅުވިއެވެ.

މިއަދު އިދިކޮޅުން މަޖިޅީހަށް ހުށައެޅީ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހު ކުރުމަށް ގޮވާލައި ހުށައެޅި ކުއްލި މައްސަލައެކެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފު ހުށަހެޅުއްވި އެމައްސަލާގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްވީ ވައުދުތަކުގެ ތެރޭގައި އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފެންނަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކަށް ހުރަސް އަޅަމުންދާތަން ކަމަށް ވެސް މައްސަލާގައިވެއެވެ.

ނަމަވެސް މި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅުން މަޖިލީހަށް ހުށަހަޅާ މައްސަލަތަކަކީ ރައީސް ނަޝީދު ރާވައިގެން އިދިކޮޅާ ގުޅިގެން ހުށަހަޅާ މައްސަލަތަކެއްކަމަށް، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


9

ރަޝީދު

21-Apr-2022

ތިތަނަކީ ވަކިމީހަކު ބުނާގޮތަކައް ކަންކަން ކުރާތަނަކައް ވިޔަނުދޭތި އަންނައް އޮތްޖީލައް ތިތަނުގެ ހުދުމުހުތާރު ކަން ފޮހެލާތި. ތާރީހުގަ ރައީސް ނަސީދު ގެ ނައް ލިޔެވިފަވަނީ ފަށޑު ނުވާފަދަ ގޮތަކައް ތިތަނުގަވެސް ނުލަފާކަން ދައްކަން ދިމާކުރިޔަސް ބަލިކުރާތި މީ ދިވެހިންގެ އަށޑު ފަސްނުހެހޭތި


-7

ރަސީދު

21-Apr-2022

ރައީސް ނަސީދު ތިމީހުން ރައްޔިތުނގެ އަޑު އިއްވިޔަ ނުދެއްޏާ މަޖްލިސް ކުރިއަށް ނުގެންގޮސް ހުއްޓާލާ ތީރައްޔިތުންގެ ކަންކަންކުރަން ދައުލަތުން މުސާރަ ދީގެން ހިންގާތަނެއް


-3

ބާބަކިޔު

21-Apr-2022

ފަށްކާ އިގޭ މިޔަހޫދީގުރޫޕްގެ ދެއުޅިއެއްނުވާ ބޯގޯސް ސުރާޤަތުބުނި މާލިކުގރސިފާގައި އިބިލީސް ކުރިކަންކަން ތިކުރަނީ!


5

ބާބަކިޔު

21-Apr-2022

ފަށްކާ އިގޭ މިޔަހޫދީގުރޫޕްގެ ދެއުޅިއެއްނުވާ ބޯގޯސް ސުރާޤަތުބުނި މާލިކުގރސިފާގައި އިބިލީސް ކުރިކަންކަން ތިކުރަނީ!