ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ)
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ މި އިންތިހާބުގައި އެންމެ ރީތި ކެމްޕޭނެއް ކުރައްވަމުން ގެންދަވާ ބޭފުޅާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން، ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ އަދި އިންތިހާބުގައި ވާދަކުރަށް އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރަށްވާ ފަރާތްތަކުން ދަނީ، ފައްޔާޒުގެ ޓީމަކީ މާފަހުން ޕާޓީއަށް އައި ބައެއް ކަމަށާއި އެއީ "މެހި މަދިރި" ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މި ކެމްޕޭންގައި ދެއްކެވި ވާހަކައެއްގައި، އެހެން ޕާޓީތަކުން އެމްޑީޕީއަށް ގުޅުނު މީހުންނަކީ ބޯވަތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



އިމްތިޔާޒު ފަހުމީގެ ޓީމުން، މިފަދަ ވާހަކަތައް ވަރަށް ބޮޑަށް ތަކުރާރު ކުރަމުން ދަނިކޮށް މޫކޭ މިއަދު ވިދާޅުވީ، ފައްޔާޒަކީ، މެންބަރުންނަށް މެއްސަށް މަދިރިއަށް ބޯވައަށް ނުގޮވާ ފިތުނަ ފަސާދަ ނުކޮށް، އިހުތިރާމާއިއެކު ކެމްޕޭން ކުރަމުންދާ ހަމައެކަނި ކެނޑިޑޭޓު ކަމަށެވެ.

ފައްޔާޒުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ މޫކޭ އިއްޔެ ވެސް ވަނީ ފައްޔާޒުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. މޫކޭ އިއްޔެ ވިދާޅުވީ، މަރުކަޒީ ބަންދުން ޕާޓީގެ އިދާރާ މިންޖު ކުރުމަށް ލިބޭހާ ފައިސާއެއް މަރުކަޒަށް ހުސްކޮށްނުލާ އަތޮޅުތެރެއަށް 60 އިންސައްތަ ބަހާލުމުގެ ތަސައްވުރު އޮތީ ފައްޔާޒުގެ އެކަނި ކަމަށެވެ.

އިންތިހާބުގެ ކެމްޕޭން ވާދަވެރިކަމުގައި އިންތިގެ ޓީމުން ގެންދަނީ ވާދަވެރި ކެންޑިޑޭޓްގެ ޓީމަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ހުތުރު ބަސްތައް ވެސް ބޭނުން ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ބޮކުރީ

21-Apr-2022

ތިމަނިކަކީ އެއްވެސްބުރަދަނެއްހުރިސޮރެއްނޫން.ރުނޑިއަކަށްވެސް އަދިކަނޑުކޮހަކަށްވެސް ނުފުދޭ.ތީގޮރު ބވފ ވ ރުނޑިއެއް.