އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނުވާ ކަންތައްތަކުގެ ވާހަކަ ޕާޓީގެ މަޖިލިސް މެމްބަރުން ޕަބްލިކް ފޯރަމްތަކުގައި ނުދައްކާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމް މިހެން ވިދާޅުވީ، އެޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕޭންގެ ތެރެއިން އައްޑޫގައި ބޭއްވި ޖަލްސާގައި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މީގެ ކުރިން ވެސް އެމްޑީޕީ ސަރުކާރެއް އޮތް ކަމަށާއި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ސަރުކާރަށް ނުވާ ކަންތައްތަކުގެ ވާހަކަ އޭރު އާންމު ފޯރަމްތަކުގައި ނުދައްކަވާ ކަމަށެވެ.
އިންތި އާއި އޭނާގެ ކެމްޕޭން ޓީމަށް އިޝާރަތްކުރައްވައި ރޮޒައިނާ ވިދާޅުވީ މެސެޖް ވަރަށް ސާފު ކަމަށާއި 2023 ގައި އެމްޑީޕީގެ ސަރުކާރެއް އޮންނަން އެބޭފުޅުން ބޭނުންނުވާ ކަމަށެވެ.
"މިވާގޮތް އެމްޑީޕީގެ މެމްބަރުން ވިސްނާލީމަ އެނގޭނެ، މިކަމަަށް ސަމާލުވެ އެމްޑީޕީ "ހިންގާލަން" ވޯޓް ދެއްވާ،" އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒު އިސްމާއިލަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ރޮޒައިނާ ވިދާޅުވިއެވެ.
2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަަމަ ސަރުކާރުގައި ރައީސަކަށް ހުންނެވީ މިހާރުގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެެ. އެހެންނަމަވެސް ދައުރު ފުރިހަމަ ނުކުރައްވައި 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހު އެމަނިކުފާނު ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.

Message v saafu! 2023 gai MDP sarukaareh onnaakah mimeehun beynumeh nuvey. Kureega ves MDP sarukaareh oi. Public ga MPs evves nuvaa kamegge vaahaka nudhakka. Mivaa goi MDP ge aanmu membarun visnaaleema engeyne. Mikamah samaaluve #MDPhingaalan vote dhevva!https://t.co/hj6l3RdezC
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 20, 2022
އިންތި އާއި އޭނާގެ ކެމްޕޭން ޓީމަށް އިޝާރަތްކުރައްވައި ރޮޒައިނާ ވިދާޅުވީ މެސެޖް ވަރަށް ސާފު ކަމަށާއި 2023 ގައި އެމްޑީޕީގެ ސަރުކާރެއް އޮންނަން އެބޭފުޅުން ބޭނުންނުވާ ކަމަށެވެ.
"މިވާގޮތް އެމްޑީޕީގެ މެމްބަރުން ވިސްނާލީމަ އެނގޭނެ، މިކަމަަށް ސަމާލުވެ އެމްޑީޕީ "ހިންގާލަން" ވޯޓް ދެއްވާ،" އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒު އިސްމާއިލަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ރޮޒައިނާ ވިދާޅުވިއެވެ.
2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަަމަ ސަރުކާރުގައި ރައީސަކަށް ހުންނެވީ މިހާރުގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެެ. އެހެންނަމަވެސް ދައުރު ފުރިހަމަ ނުކުރައްވައި 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހު އެމަނިކުފާނު ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު