ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން އެގޭގެ ވެރިފަރާތަަށް މިއަދު އަންގައިފި އެވެ.
ފުލުހުންގެ އިދާރާއިން ހ. ހުރަފާގޭގެ ވެެރިޔާ ހުސައިން ރަަޝީދަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށް އެންގުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ (ހ)ގެ 6 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ޙާލަތެއް އުފެދިދާނެފަދަ އަމަލެއްކަމުގައި ބެލެވޭ ކަމަށް ފުލުހުންހ. ހުރަފާގޭގެ ވެރިފަރާތަށް ފޮނުވި އެންގުމުގައިވެއެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)، (ބ) އަދި (ށ) ގެ ދަށުން އާއްމު މަސްލަހަތު ރައްކާތެރިކުރުމާއި، އާއްމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމްކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން ހ. ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ އިންޑިޔާ އައުޓް' ޖަހާފައިވާ ބެނާ ނެގުމަށް އެންގީމެވެ." ފުލުހުންގެ އެންގުމުގައި ބުނެފައިވެއެވެ.
ފުލުހުން މިފަދަ އެންގުމެއް އަންގައިފައިމިވަނީ އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް، ބޮޑެތި އިމާރާތްތަކަށް ނެގުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެތަކެތި ފުލުހުން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު