ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު
ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު
ރަމަޟާން މަހުގެ ފަހު ދިހައާއި ގުޅުވައި ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝެއިޚް ޒައިދު މިއަދު ވިދާޅުވީ، މި އަހަރު ވެސް ރަމަޟާން މަސް ދިމާވެފައިވަނީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާ ކަމަށާއި، މަދު ވަގުތުކޮޅަކު ކިޔެވުމަށް ދިލަ އަވީގައި ދުއްވުމަށްވުރެ ގޭގައި ފުރިހަމަ ކުރުމަށް މަސައްކަތް ހަވާލު ކުރުމަށްފަހު، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަކީ ރަނގަޅުކަމަކަށް ވާނޭ ކަމަށެވެ.

އެހެންކަމުން މި ދުވަސްކޮޅު ރައްޔިތުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ސްކޫލްތައް ބަންދު ކޮށްދިނުމަށް ޝެއިޚް ވަނީ ސަރުކާރަށް ގޮވާލާފައެވެ.



ޝެއިޚް ވިދާޅުވި ފަދައިން މި ދުވަސްވަރަކީ މި އަހަރު ތެރޭގައި އަންނާނެ އެންމެ ހޫނު ގަދަ ދުވަސްވަރުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ބުނެފައެވެ. އޭގެ އިތުރުން، ކޮވިޑާއި ގުޅިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދީފައިވާތީ، ރަމަޟާން މަހުގެ ފަހު ދިހައާއި ގުޅިގެން ސްކޫލް ދަރިވަރުންނަށް އެފަދަ ލުޔެއް ދިނުމަކީ ބައެއް ބެލެނިވެރިން ވެސް މީގެ ކުރިން ގޮވާލާފައިވާކަމެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ާއަހުމަދު

21-Apr-2022

ދިރިއިޅުމުގެ އެންމެ މުހިންމު ފިލާވަޅަކީ ކުރިމަތިވާ ކޮންމެ މާހައުލެއްގައިވެސް ކެއްތެރިކަމާއިއެކު ބާރަށް ކުރިޔަށް ދިއުންކަން ދަރިވަރުންނަށް ދަސްކޮށްދެވޭނީ ފިނިވިޔަސް, ހޫނުވިޔަސް ސްކޫލަށްދާން ޖެހުމުން.