މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ދަމަމުންދާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް އާދަމް ޝަރީފް އިންޒާރެއް ދެއްވައިފިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން އެގޭގެ ވެރިފަރާތަށް މިއަދު އެންގުމާއި ގުޅިގެނެވެ. އެކަމާއި ގުޅުވައި އާދަމް ޝަރީފް މިރޭ ވިދާޅުވީ، ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާ ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ހިޔާލުފާޅު ކުރުމުގެ މިންގަނޑުގެ ތެރޭގައި ހިންގާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަބަރުދާރު! ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާކުރާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.



ފުލުހުންގެ އިދާރާއިން ހ. ހުރަފާގޭގެ ވެރިޔާ ހުސައިން ރަޝީދަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް އެންގުމުގައި ބުނެފައިވެއެވެ.

ނަމަވެސް، އިދިކޮޅުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ދަމާ އިންޑިޔާ އައުޓް ބެނާ ދެމުމަކީ ގާނޫނުލް އުގޫބާތާއި ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި އެހަރަކާތް ނުހުއްޓުވޭނެ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް މި ހަރަކާތް އިތުރަށް ފުޅާކުރާނެކަމަށް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ނޭފަތް

21-Apr-2022

ދަތްދޮޅި ދުއްވާލާނަމޭ ބުނި މައްސަލަވެސް އެބައޮތް ދައުވާ ކުރާނަން.


12

އަޙްމަދު

21-Apr-2022

މީނާކޮންކޯޓެއްގަބާ ދަޢުވާކުރަނީ .ހަމަގައިމުވެސް ޒާތީވުމުގައިވެސް ހައްދެއް އޮންނަންވާނެ.އެހާރު މީނާއަށް ނޭނގެންޏާ އެއީ ވަރަށް ދެރަވަރުކަމެއް