ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން އެ ގެޔަށް ފުލުހުން ވަދެއްޖެއެވެ.
"ރަސް އޮންލައިންއަށް" މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެއްސަށް ފުލުހުން ވަނީ ކޯޓު އަމުރުވެސް ހިފައިގެނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައްވެސް ނަގަން ކޯޓު އަމުރެއް ހޯދާފައެވެ.
ކޯޓު އަމުރާއެކު ރައީސް ޔާމީންގެ ގެކޮޅަށް ފުލުހުން ވަނުމުގެ ކުރިން ވަނީ އެ ބެނާ ނެގުމަށް އަންގާފައެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)، (ބ) އަދި (ށ) ގެ ދަށުން އާއްމު މަސްލަހަތު ރައްކާތެރިކުރުމާއި، އާއްމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމްކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން ހ. ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ އިންޑިޔާ އައުޓް' ޖަހާފައިވާ ބެނާ ނެގުމަށް އެންގީމެވެ." ފުލުހުން ބެނާތައް ނަގަން ފެށުމުގެ ކުރިން ނެރުނު އެންގުމުގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ ބެނާ ނަގަން ފުލުހުން ހަރަކާތްތެރިވާން ފަށާފައި މިވަނީ އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް، ބޮޑެތި އިމާރާތްތަކަށް ނެގުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެތަކެތި ފުލުހުން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު