މިނިސްޓްރީ އޮފް އިކޮނޮމިކް ޑި ވެލޮޕްމަންޓާއި އެމްޓީސީސީއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ނީޒާ ޢިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.
މި އެމްއޯޔޫގެ މަޤްސަދަކީ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް (MCEISP "(ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.
އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީންނެވެ. މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެއެވެ. އެމްއޯޔޫގެ މުއްދަތު ދެމިއޮންނާނީ 31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެއެވެ. އެމްޓީސީސީގެ އުއްމީދަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަކީ ހުނަރުވެރި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޤާބިލު ބަޔަކަށް ވެގެން
ދިޔުމެވެ.

MTCC has signed an MoU with Ministry of Economic Development to provide apprenticeship opportunities under "Maldives Covid-19 Emergency Income Support Project (MCEISP)." Minister of Economic Development Uz. @faya_i graced the ceremony.#RayyithungeKunfuni pic.twitter.com/Jap14TUQzY
— MTCC Plc (@MTCCPlc) April 21, 2022
މި އެމްއޯޔޫގެ މަޤްސަދަކީ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް (MCEISP "(ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.
އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީންނެވެ. މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެއެވެ. އެމްއޯޔޫގެ މުއްދަތު ދެމިއޮންނާނީ 31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެއެވެ. އެމްޓީސީސީގެ އުއްމީދަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަކީ ހުނަރުވެރި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޤާބިލު ބަޔަކަށް ވެގެން
ދިޔުމެވެ.
ކިޔުންތެރިންގެ ހިޔާލު