އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހިންގުމަށް އެއްވެސް ޖާގައެއް ސަރުކާރުން ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން މިއަދު ނިންމައި، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހުނީ ރޭވުން ތެރިކަމާއި، ނުރައްކާތެރިކަން ވަރަށް ފުނަށް ދިއުމުން ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ޚިޔާލް ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ މިކަމުގެ ސަބަބުން ދޭދޭ ޤައުމުތަކާއި، ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއްކަމަށެވެ. އަދި މި ހަރަކާތަކީ އަޑީގައި ނުރައްކާތެރި އެޖެންޑާއެއް އޮތް ހަރަކާތެއްކަމަށް ގިނަ މައުލޫމާތުތަކެއް ލިބިފައިވާކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަވަށްޓެރި އިންޑިއާ ކަމުގައި ވީނަމަވެސް، އެހެން ޤައުމެއް ކަމުގައި ވީނަމަވެސް ވަކި ޤައުމަކާއި ވަކި ނަސްލަކާއި، މެދުގައި އެބާވަތުގެ ނަފްތަރެއް އުފައްދައި، މީސްމީހުންގެ ފުރާނައަށާއި، އަދި ދިރިއުޅުމަށް އޭގެން ދެރަވާ ހިސާބަށް ކަންކަން ގެންދިއުމަކީ އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އަދި އެފަރާތްތަކަށް މިފުރުސަތު ނުދެއްވާނެކަން މިއަދު ޔަގީން ވެގެން މިދިޔައީ." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތުތަކާއި، ރައީސްގެ ނިންމެވުމާއި ގުޅިގެން ޤައުމުތަކުން މަރުހަބާ ކިޔާނެކަމަށެެވެ.

އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤާއުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އިޔާޒް ޝަހީމް

24-Apr-2022

މިއީ ކޮންތާކު ހުރި ބީތާއެއް . މި ގައުމުގެ ރައްޔިތުން ގެ މިނވަންކަމއް އަރއެއް ނުގަނެވޭނެ އިންޑިއާ ސަފީރު ލުންގި ދަށުގައި ތިޔަބައިގާދު އުޅުނަސް .. އަިންޑިއާ އައުޓް ގޮވުމެއް ނުވެސް ހުއްޓުޥޭނެ ..މި ބުނަނީ ގޮވާނަން ސޯސަލްމީޑިއާ ގައިވެސް އެހެން ތަންތަނުގައިވެސް ލިޔާނަން .. އިންޑިއާ ހައިކޮމިޝަނަރު އަމާ ބަފާ ގެ ތަނެއްނޫން މިއީ .. އިބްރާހިމް މުހައްމަދު ސާލިހަކައް ވެސް މިކަން ނުހުއްޓުވޭ .. މާފާދު ފާދައް އުޅެންނޫޅޭ .. ސަރކާރު 5 އަހަރު ބާއްވަން ބޭނުން ނުވެގެން ތިޔައުޅޭނެީ


-11

ތަކަތުވާ

24-Apr-2022

ގާނޫނު ނުދަންނަ ތަންތާ ތިބޭ ގޮފޮޅުން ތިޔަ ކަހަލަ ވާހަކަ ދައްކާނެ. ބުނެ ބަލަ ޑިކްޓޭޓަރ ޝިޕް ވެރިކަމެއް ހިނގާ ތަނެއްގަ ޚިޔާލު ފާޅު ކުމުގެ މިނިވަން ކަމެއް ނުދޭނަމޭ. ތާހިރުވާނީ އޭރުން.


0

ތޮޑީބީ

24-Apr-2022

ބަލަ މިހިހަޔާކުޑަ އަލީޒާހިރާ ހަޖަމުނުވަނީ ގައްދާރުންނައްއޮތީ ހުރަގެ އަދަގޮަޑި މިގައުމުއިންޑިޔާގެ އަޅުވެެތިކަންދިޔައީ!މިނުކުޅެދޭސަރުކާރު ދެހާސްތޭވީސް ހިޔާފުލެޓާއެކު ތިޔަމޯދީގެ ބޯއީ މާތްﷲގެވާގިފުޅާއެކު ބޭރުކުރާނައް! ޥަގުންގެސަރުކާރު ގައްދާރުން މައުމޫނު ކެނެރީނަޝީދު ބުެުމާގާސިމު ފަހާއިމުރާނު އިނަވަރު ކުޑަމޯދީއޮތީހުރަގެ ނުވަތައަދަގޮޑި!އިންސާފުއަރާހަމަކުރާނެ


0

ތޮޑީބީ

24-Apr-2022

ބަލަ މިހިހަޔާކުޑަ އަލީޒާހިރާ ހަޖަމުނުވަނީ ގައްދާރުންނައްއޮތީ ހުރަގެ އަދަގޮަޑި މިގައުމުއިންޑިޔާގެ އަޅުވެެތިކަންދިޔައީ!މިނުކުޅެދޭސަރުކާރު ދެހާސްތޭވީސް ހިޔާފުލެޓާއެކު ތިޔަމޯދީގެ ބޯއީ މާތްﷲގެވާގިފުޅާއެކު ބޭރުކުރާނައް! ޥަގުންގެސަރުކާރު ގައްދާރުން މައުމޫނު ކެނެރީނަޝީދު ބުެުމާގާސިމު ފަހާއިމުރާނު އިނަވަރު ކުޑަމޯދީއޮތީހުރަގެ ނުވަތައަދަގޮޑި!އިންސާފުއަރާހަމަކުރާނެ


-3

އަހުމަދު

24-Apr-2022

އެކުރަނީ ގައުމު ފިތުނަ،ދެންކުރާނީ،ބަޣާވާތް، ސަރުކާރުން،ހޭލާ،ހޭލާ،ހޭލާ،އެބަފަތިސްވޭ، ސަގަރޭޕާކު،އެބަފެނޭ،


4

އަހުމަދު

24-Apr-2022

އެކުރަނީ ގައުމު ފިތުނަ،ދެންކުރާނީ،ބަޣާވާތް، ސަރުކާރުން،ހޭލާ،ހޭލާ،ހޭލާ،އެބަފަތިސްވޭ، ސަގަރޭޕާކު،އެބަފެނޭ،