"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހް މިއަދު ނެރުއްވި ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
"އިންޑިޔާ އައުޓް" ހަރަކާތާއި ގުޅޭ ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނެގުމާއި ގުޅިގެން މިއަދު ޕީޕިއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ސާލިޙު ނެރުއްވި ގަރާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށާއި، އެގަރާރަށް އަމަލު ނުކުރާނެ ކަމަށެވެ. "އިންޑިޔާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ހުށައަޅަން ނިއްމައިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހުރިހާ ކަމެއް ކުރަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކަމަށެވެ. ރައީސްގެ ގަރާރަކީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް ނެރުނު ގަރާރެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ނެރުއްވާ ގަރާރަކުން އިންޑިޔާ އައުޓް ހަރަކާތް ނުހުއްޓެވޭނެ ކަމަށާއި އެހަރާކާތް ދާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އަމިއްލަ ގޭގައި ބެނާއެއް ދެމުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ނޫން ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބޭ ހައްގެއް ކަމަށާއި އެކަމަށް ހުރަސް ނޭޅޭނެ ކަމަށް އަދުރޭ ވިދާޅުވިއެެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައެވެ. އެ ނިއްމުމާއެކު ރައީސް ސާލިޙު މިއަދު ވަނީ ގަރާރެއް ނެރުއްވައި އެ ހަރާކަތް ހުއްޓުވުމަށް ދައުލަތުގެ މުވައްސަސާތަކަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު