"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އުޅެނީ ބަޣާވާތެއް ގެންނަން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ އިންޑިޔާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެ ހަރާކަތް ހުއްޓުވުމަށް ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ.

އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ "އިންޑިއާ އައުޓް" އޭ ކިޔައިގެން ބޮޑު ބަޣާވާތެއް ގެންނަން ކުރާ މަސައްކަތަކީ ގައުމާއި ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެ ނުރައްކާ ހުއްޓުވައި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ ޒިންމާ އޮންނާނީ ވަލިއްޔުލްއަމްރު (ރައީސުލްޖުމުހޫރިއްޔާ) އަށް ކަމަށް ނިހާދު ވިދާޅުވި އެވެ.

"ފިޔަވަޅު އެޅުއްވިލެއް ލަސްކަމަށް ފެނުނަސް އެޅުއްވި ފިޔަވަޅު ކިތަންމެހާ ރަނގަޅު." އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ސާލިޙު ނެރުއްވި ގަރާރަށް ތާއިދު ކުރައްވައި ނިހާދު ވިދާޅުވި އެވެ.

އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން ރައީސް ސާލިޙު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ. ރައީސް ގަރާރު ނެރުއްވުމުގެ ކުރިން ކޯޓް އަމުރެއްގެ ދަށުން ކުރީގެ ރައީސް ޔާމިން ގެކޮޅާއި ޕީޕިއެމް އޮފީހާއި އެހެން ބައެއް ތަންތަނުގައި ހުރި އިންޑިޔާ އައުޓް ބެނާތައް ފުލުހުން މިއަދު ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10

ޛޭން

24-Apr-2022

ޢި ންޑިއާ ރިސްވަތު ހިފާ ވަގެއް ތިޔަ ފޭދޫ ކަލޭގެ އަކީ

8

ހައްގު ބަސް

24-Apr-2022

އޭސާލާ ނިހާދު ކަލޭމެން މިރާއްޖޭގައި ހިންދޫ ބުދިސްޓް ސިފައިންގެ ފައުޖުތަށް ރާއްޖޭގެ އެކިހިސާބުގައި ބައިތިއްބާއިގެން އުޅެނީ ދިވެހިރާއްޖޭގައި ހެދިފައި ހުރިކޮންގާނޫނެށްގެ ދަށުންތަ؟ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި.ދިވެހިންނަށް ކުރިމަތިވަމުން އައްނަ އަޅުވެތިކަން ތިޔަބީތާ ގުރޫޕަށް ހަމަނުފެންނަނީތަ މީވެސް އިސްލާމީ ގައުމެށް މިގައުމަކަށް ހިންދޫންގެ ބާރުއޮށްނާ ކަށްނުޖެހޭނެ ތިޔަބުނާ ތިންބިސްދޭ ހިންދޫން އެގައުމުގައި ތިބިމުސްލިމުންނާއިމެދު ހިންގާ ގަތުލުއާއްމު.އަނިޔާވެރިކަން ތިޔަބީތާ ތަކަށް ނުފެއްނަނީތަ؟ ކަޝްމީރުގެ ތިބިމުސްލިމުން،މަލިކުގައި ތިބިމުސްލިމުން، ބޫޓާނުގައިތިބި މުސްލިމުން ނާއިދޭތެރޭ ހިންދޫންގެ އަނިޔާވެރިކަން ހުރިމިންވަރު ތިޔަބީތާގުރޫޕަށް ހަމަނުފެއްނަނީތަ؟ ދިވެހިންނާއި މެދުހިންދޫން ކަންތަށް ކުރާނީ ކިހިނެށްކަން އެގޭގައުމުދެކެ ލޯބިވާ މީހުން އިންޑިޔާ ސިފައިން އައުޓޭ ގޮވާނެ

-1