ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ތާރީހު އަވަސް ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ކުރިން ހަމަޖެހިފައިވާ ތާރީހު ކަމަށްވާ މޭމަހުގެ 16 ވަނަ ދުވަހުގެ ބަދަލުގައި މޭ 14 ގައި އެ އިންތިހާބު ބާއްވަން އެކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
އިލެކްޝަނުން ބުނީ، މި ތާރީހު ބަދަލުކުރި މަައިގަނޑު ބޭނުމަކީ އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ އާއި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ ކަމަށެވެ.
މިހާރު މި އިންތިހާބު އޮންނާނީ މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. މި އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ފުރުސަތު ނުލިބުނި ސުންގަޑިއަށް ލިއުންތައް ހުށަނޭޅުމުން ނެވެ.
ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވުމާ ގުޅިގެންނެެވެ.

ކިޔުންތެރިންގެ ހިޔާލު