ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުން ނުހުއްޓުވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.
އަލީ މިހެން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސާލިޙު ނެރުއްވި ގަރާރަކާއި ގުޅިގެންނެވެ. ރައީސް ސޯލިހް މިއަދު ނެރުއްވި ގަރާރެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ.
އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު ޕީޕިއެމުން ވެސް ވަނީ ރައީސް ގަރާރަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ސާލިޙު ނެރުއްވި ގަރާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށާއި، އެގަރާރަށް އަމަލު ނުކުރާނެ ކަމަށެވެ.
"އިންޑިޔާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ހުށައަޅަން އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ނިއްމާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ. އަދި ހުއްޓުވޭނެ ކަންކަމެއް ނޫން.
— Ali Hussain (@AleeVoice) April 21, 2022
މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.
އަލީ މިހެން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސާލިޙު ނެރުއްވި ގަރާރަކާއި ގުޅިގެންނެވެ. ރައީސް ސޯލިހް މިއަދު ނެރުއްވި ގަރާރެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ.
އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު ޕީޕިއެމުން ވެސް ވަނީ ރައީސް ގަރާރަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ސާލިޙު ނެރުއްވި ގަރާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށާއި، އެގަރާރަށް އަމަލު ނުކުރާނެ ކަމަށެވެ.
"އިންޑިޔާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ހުށައަޅަން އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ނިއްމާފައެވެ.
ކިޔުންތެރިންގެ ހިޔާލު